ދިވެހިރާއްޖެ
ތެލުގެ ވިޔަފާރި ކުރުމަށް ކުލީބިން ދޫކުރުމަށް ހުޅުވާލުމާއި ގުޅޭ
މި އިދާރާގެ ނަންބަރު: (IUL)309-ESM/309/2023/46 (27 ފެބްރުވަރީ 2023) އިޢުލާނުގައި ތެލުގެ ވިޔަފާރި ކުރުމަށް ކުލީބިން ދޫކުރުމަށް ތައްޔާރުކުރެވިފައިވާ ބިޑް ޑޮކިއުމަންޓް – މަޢުލޫމާތު ކަރުދާސް 01 ގެ 5 ބާބުގައިވާ "ބީލަން ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދޭނެގޮތްތައް" ތިރީގައި މިދަންނަވާ ގޮތަށް ބަދަލުކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މާކްސް ދެވޭގޮތުގެ ތަފްސީލް
މާކްސްދެވޭ ކްރައިޓީރިއާ |
މާކްސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
%75 |
v ހުށަހަޅާ އަގަށް ދެވޭ މާކްސް v މާކްސްދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީ އިން ފާސްވާ ފަރާތްރަކުން ހުށަހަޅާ އެންމެ ބޮޑު އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިންގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު އަގަށެވެ. |
(Submitted Price / Benchmark Price) x Allocated Percentage |
ތަޖުރިބާ |
10% |
v ލިބިފައިވާ ތަޖުރިބާ އަށް ދެވޭ މާކްސް v މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީ އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ގިނަ މިފަދަ ޙިދުމަތް ދީފައިވާ ފަރާތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މަސައްކަތެއްގެ މެދުގައި ލިބޭ % އެއް v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މިފަދަ ޙިދުމަތް ދީފައިވާކަން ލިޔުން ހުށަހަޅާފައިވާ ފަރާތަކަށެވެ. |
(Submitted Experience / Benchmark Experience) x Allocated Percentage |
ޙިދުމަތް ދިނުމަށް ފެށޭނެ މުއްދަތު |
15% |
v ޙިދުމަތް ދިނުމަށް ފެށޭނެ މުއްދަތަށް ނެގޭ މާކްސް v މާކްސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީ އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އަވަހަށް ޙިދުމަތް ދިނުމަށް ހުށަހަޅާ މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން. v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ޕްރޮޕޯޝަލްގައި އެންމެ އަވަހަށް ޙިދުމަތް ދިނުމަށް ހުށަހަޅާ ފަރާތަކަށެވެ. |
(Submitted Years / Benchmark Years) x Allocated Percentage |
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.