ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2023/001
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 07 މާރިޗު 2023 12:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުން ދުވަސް ފާހަގަ ކުރުމާ ގުޅޭ

މި ކޮމިޓީއާއި ކައުންސިލް އަދި ރަށުގެ ޕޮލިސް ޕޯސްޓު ގުޅިގެން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ވަނީ ރާވާފައެވެ.

 އަންހެނުންގެ ދުވަހާ ގުޅިގެން 2023 މާރިޗު 10 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ގައި ކުރިއަށް ގެންދެވޭ ހާއްސަ ހަވީރުގައި 18 އަހަރުން މަތީގެ އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން ހޭންޑު ބޯލް މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އަދި މި ހަވީރުގައި އިސްރަށްވެހި އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން ހަރަކާތެއް ކުރިއަށްގެންދެވޭނެއެވެ.

ވީމާ ހޭންޑުބޯލް ކުޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 06 ބޭފުޅުންގެ ޓީމެއް ހައްދަވައިގެން ތިރީގައިވާ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 2023 މާރިޗު 07 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 12:00 އެވެ. އަދި މި ހަވީރުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެދެއްވުން އެދެމެވެ.

ފޯމް: shorturl.at/kpZ16

02 މާރިޗު 2023