ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)337/337/2023/31
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 12:40
ސުންގަޑި: 12 މާރިޗު 2023 12:00
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު - މާފުށީ ޕްރީސްކޫލް ހިންގައިދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 10 އޭޕްރިލް 2023 14:47 ގައި ބާތިލް ކުރެވިފައެވެ.


 (IUL)337/337/2023/31 ނަންބަރ

އިޢުލާން

 

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު - މާފުށީ ޕްރީސްކޫލް ހިންގައިދޭނެ ފަރާތެއް ހޯދުން  

 

މިކައުންސިލާއި ކ. މާފުށީ އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމެޓީ އަދި ސެންޓަރ ފޯ ލާނިންގ އެންޑް އެކެޑެމިކް ސްޓޫޑެންޓް ސަޕޯޓްއާއެކު 17 ފެބްރުއަރީ 2022ގައި މާފުށީ ޕްރީސްކޫލް ހިންގައިދިނުމާބެހޭ ގޮތުން ވެފައިވާ އެއްބަސްވުމުގެ ނަންބަރު: (AGR)337-C-AB/INDIV/2022/1 ނިމުމަކަށް ގެނައުމަށް ސެންޓަރ ފޯ ލާނިންގ އެންޑް އެކެޑެމިކް ސްޓޫޑެންޓް ސަޕޯޓްއިން 30 އޭޕްރީލް 2023ގެ ނިޔަލަށް ނޯޓިސްދީފައިވާތީ، މި ތާރީޙްގެ ފަހުން އެއްބަސްވުން ބާތިލްކޮށް މާފުށީ ޕްރީސްކޫލް 10 އަހަރު ދުވަހުގެ މުއްދަތަށް، ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މެއި 2023 އިން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަށް މާފުށީ ޕްރީސްކޫލް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް ބީލަން ރަޖިސްޓްރީ ކުރުމާއި، މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅަންއެދޭ ފަރާތްތަކުން މި ކައުންސިލުގެ މެއިލް [email protected] އަށް  މައުލޫމާތު ފޮނުވައިގެން ނުވަތަ މި ކައުންސިލް އިދާރާއަށް ވަޑައިގެން ނަން ނޯޓްކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެވުނުތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

 

ބީލަން ރަޖިސްޓްރީ ކުރުން:

12 މާރިޗު 2023 ވަނަ ދުވަހުގެ 12:00ގެ ކުރިން

މަޢުލޫމާތު ސާފުކުރުން:

06 މާރިޗު 2023 ވަނަ ދުވަހުގެ 13:00 ގައި މާފުށި ކައުންސިލް އިދާރާގައި

އަންދާސީ ހިސާބު ހުށަހެޅުން:

12 މާރިޗު 2023 ވަނަ ދުވަހުގެ 13:00 ގައި މާފުށި ކައުންސިލް އިދާރާގައި

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައިއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18)ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކާއި ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640073 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

02 މާރިޗު 2023

 

02 މާރިޗު 2023