ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)386/386/2023/19
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި: 30 މާރިޗު 2023 13:30
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ގުރައިދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

ތ.ގުރައިދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުން:

        ތ.ގުރައިދޫ ހިއްކާފައިވާ ސަރަޙައްދުން 1937.5 އަކަފޫޓްގެ 150 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

      ގޯއްޗަށް އެދި ކުރިމަތިލެވޭނެ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާ 'ކޮޅުމަޑުލު ގުރައިދޫ އިން ގޯތި ދޫކުރުމުގެ އުސޫލު' ގައި ބަޔާންކޮށްފައިވާނެއެވެ.

ގޯތި ދޫކުރާނެ ފަރާތްތައް ކަނޑައަޅާނީ ގޯތި ދޫކުރުމަށް މިއިދާރާއިން ކަނޑައަޅާފައިވާ ކޮމިޓީއިން  ފޯމްތައް ދިރާސާކޮށް މާކްސް ދިނުމަށްފަހު އެންމެ މަތިން މާކްސް ލިބޭ 150 ފަރާތަށެވެ. މިގޮތުން ޕޮއިންޓް ދިނުމުގައި 150 ވަނައަށް އެއްފަރާތަށް ވުރެ ގިނަ ފަރާތް ހޮވިއްޖެނަމަ 150 ވަނަ ފަރާތް ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.

       ފޯމް ބަލައިގަންނާނީ 07 މާރިޗު 2023 ވަނަ ދުވަހުގެ 08:30 ން 30 މާރިޗު 2023 ވަނަ ދުވަހުގެ 13:30 ގެ ނިޔަލަށެވެ. ގޯއްޗަށް އެދޭ ފޯމް މިއަދުން ފެށިގެން މިއިދާރާގެ ރިސެޕްޝަނުންނާއި މިކައުންސިލްގެ ކޮމިއުނިޓީ ވައިބަރ ގްރޫޕް އަދި ފޭސްބުކް ޕޭޖް އިން ލިބެން ހުންނާނެއެވެ. އަދި ގޯއްޗަށް އެދޭ ފޯމް މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

 މުއްދަތު ހަމަވާފަހުން ހުށަހަޅާ ފޯމާއި މަޢުލޫމާތު ފުރިހަމަ ނުވާ ފޯމްތައް ބަލައި ނުގަނެވޭނެ ވާހަކަ ފޯމް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

02 މާރިޗު 2023