މަސައްކަތް
ނަންބަރު: (IUL)275-AB/275/2023/08
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި: 08 މާރިޗު 2023 13:30
މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 ވަނައަހަރަށް އިމާމުންގެ ޕޫލް އެކުލަވާލުން

އިޢްލާން

މިރަށުގެ މިސްކިތްތަކުގެ އިމާމުން / މުދިމުން ސަލާމް ބުނުއްވުމުގެ ނުވަތަ ޗުއްޓީއެއް ނެންގެވުމުގެ ސަބަބުން ވަގުތީގޮތުން މިސްކިތްތަކުގައި އިމާމުން / މުދިމުން ގެންގުޅެންޖެހޭ ޙާލަތްތަކުގައި ވޭޖް އުޞޫލުން މަސައްކަތް ކުރުވުމަށްޓަކައި އިމާމުން / މުދިމުންގެ ޕޫލެއް އެކުލަވާލަން ބޭނުންވެއެވެ.

އިތުރު މަޢުލޫމާތު:-

#

މަޤާމް

ޝަރުޠު

އުޖޫރަ ދެވޭ ގޮތް

1

މުދިމު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު

* ތަޖުވީދުގެ މަގުން ރީތިކޮށް ކީރިތި ޤުރްއާން ކިޔަވަން އެނގުމާއި، ބަންގި ގޮވައި އިމާމުވެ ނަމާދު ކުރަން އެނގުން

ކޮންމެ ނަމާދު ވަގުތަކަށް -/53ރ.

2

އިމާމު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު

* މުދިމުކަމުގެ ސަނަދު ލިބިފައިވުން

* ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން

* ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

ކޮންމެ ނަމާދު ވަގުތަކަށް -/61ރ.

 

                  ވީމާ، އިމާމުން / މުދިމުންގެ ޕޫލުގައި ރަޖިސްޓްރީވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 08 މާރިޗު 2023 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ސާފު ކޮޕީއަކާއި، ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (ދާއިރާއާއިގުޅޭ) ކޮޕީއާއިއެކު ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

                  މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ.

02 މާރިޗު 2023