ދިވެހިރާއްޖެ
ބ.މާޅޮހު ގަބުރުސްތާން ނޮޅާ ސާފުކުރާނެ ފަރާތެއް ބޭނުންވެއްޖެ
މި އިއުލާނާއިއެކު ހިމަނާފައިވާ މަޢުލޫމާތާއި އެއްގޮތަށް ބ.މާޅޮހު ގަބުރުސްތާން ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. ވީމާ ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| މަސައްކަތުގެ މަޢުލޫމާތު | - ހިޔާދޭ ބޮޑެތި ގަސްތައް ފިޔަވައި ގަބުރުސްތާނުގައިވާ ވިނަތައް ނޮޅާ ސާފުކުރުން - ގަބުރުސްތާން ވަށައިގެން ބޭރުން 5 (ފަހެއް) ފޫޓު ސާފުކުރުން - ނޮޅާ ސާފުކުރާ ތަކެތި 5 (ފަހެއް) ފޫޓު ދުރަށް އެޅުން | 
| ބިޑް ރަޖިސްޓަރ ކުރުން | މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2023 މާރިޗު 09 ވާ ބުރާސްފަތިދުވަހުގެ 14:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް: [email protected] ކޮޕީ: [email protected] އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. | 
| މައުލޫމާތު ދިނުން | މި މަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 2023 މާރިޗު 07 ވާ އަންގާރަދުވަހުގެ 10:00 ށް ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. މައުލޫމާތު ސާފުނުކުރުއްވާ ބޭފުޅުންގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވެމެ. | 
| އަގު ހުށަހެޅުން | އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2023 މާރިޗު 12 ވާ އާދިއްތަދުވަހު 11:00ގައިއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބަދަލުގައި އެހެން ފަރާތެއް ވަޑައިގަންނަވާނަމަ އެކަންބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. ގަޑި ޖެހިގެން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. | 
| މަސައްކަތް ހަވާލުކުރުމުގައި ޕްއިންޓް ދޭނެ އުސޫލު | - މަސައްކަތައް ހުށަހަޅާ އަގު %90 - މަސައްކަތައް ހުށަހަޅާ މުއްދަތު (ދިހަ ޕސަންޓް) | 
| އިތުރު މައުލޫމާތު | މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 6600056 / 7612867 އަށް ގުޅުއްވުމަށް ދަންނަވަމެވެ. | 
10 ޝައުބާން 1444
02 މާރިޗު 2023