ދިވެހިރާއްޖެ
ބ.މާޅޮހު މަސްޖިދުއްސަލާމްގެ އިސްކުރުބަރި އަދި ބައެއް އިތުރު މަރާމާތުތަކެއްކުރުން- (2 ވަނަ އިޢުލާން)
ބ.މާޅޮހު މަސްޖިދުއްސަލާމްގެ އިސްކުރުބަރި އަދި ބައެއް އިތުރު މަރާމާތުތަކެއް ކުރަށް ޖެހިފައިވާތީ މިމަސައްކަތް ކުރުމަށް ކުރެވުނު އިޢުލާނަށް (އިޢުލާން ނަންބަރު:(IUL)319/319/2023/5) ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެ އެސްޓިމޭޓް ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.
މަސައްކަތުގެ މަޢުލޫމާތު: |
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން، 2023 މާރިޗު 05 ވާ އާދިއްތަދުވަހުގެ 11:00ށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ. |
ބިޑްރަޖިސްޓްރީކުރުން: |
މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2023 މާރިޗު 05 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް: [email protected] ކޮޕީ: [email protected] އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލްކުރައްވައިގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
އަންދާސީ ހިސާބު ހުށަހެޅުން: |
|
އަގު ހުށަހަޅަންވީ ގޮތް: |
- ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ. - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ. |
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް: |
|
މާރކްސް ދެވޭގޮތް: |
|
އިތުރު މައުލޫމާތު: |
މިމަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ: 6600056 / 7612867 އަށް ގުޅުއްވުން އެދެމެވެ. |
10 ޝައުބާން 1444
02 މާރިޗު 2023