ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)113-FD/1/2023/44
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 07:41
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ޓީ-ޖެޓީ އަދި ނޯތު ހާބަރގެ ޓެރިފްއަށް އިތުރުކުރެވޭ ޚިދްމަތްތަކާ ގުޅޭ.

މި ކުންފުނީގެ ނަންބަރު FD/1/2023/38 ( 20 ފެބްރުއަރީ 2023 ) އިއުލާނާ ހަވާލާ ދީ ދަންނަވަމެވެ.       

ޓީ-ޖެޓީ ގެ ބައެއް ޓެރިފް ތަކަށް 1 މާރޗް 2023 ވަނަ ދުވަހުން ފެށިގެން ބަދަލުގެނައުމަށް ކުރިން ނިންމާފައިވީ ނަމަވެސް މި ގެނެވުނު ބަދަލާ ގުޅިގެން ޚިދުމަތްތައް ލަސްނުވާނެ ފަދަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ގޮތުން އާ ޓެރިފަށް ޢަމަލު ކުރުން 2 މާރޗް 2023 ވަނަ ދުވަހުންފެށިގެން މަޑުޖައްސާލެވިފައިވާކަމުގައި ދެންނެވީމެވެ.

މީވާ 2 މާރޗް 2023 ވަނަ ދުވަހުން ފެށިގެން ޓީ-ޖެޓީން ފޯރުކޮށްދޭ ޚިދުމަތްތަކަށް އަގު ނަގަމުންދާނީ ކުރިންވެސް އަގު ނަގަމުންދިޔަ އުޞޫލުންކަމުގައި ދެންނެވީމެވެ.

02 މާރިޗު 2023