މުބާރާތް
ނަންބަރު: (IUL)160-A/1/2014/69
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 31 ޑިސެންބަރު 2014 14:00
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ބައިނަލްއަޤުވާމީ މުބާރާތެއްގެ ދަޢުވަތު

ކުވައިތު އިންޓަރނޭޝަނަލް އެވޯޑުގައި ކީރިތި ޤުރްއާން ހިތުދަސްކުރުމާއި، ތިލާވަތު ކުރުން އަދި 10 ޤިރާއަތަށް ކިޔެވުމުގެ މުބާރާތަށް ދިވެހިރާއްޖެއަށް ވަނީ ދަޢުވަތު ލިބިފައެވެ. ތިރީގައިވާ ބައިތަކުން މުޅި ޤުރްއާން ހިތުދަސްކުރުމުގެ ގޮފީގައި ބައިވެރިވުމަކީ ލާޒިމުކަމެއް ކަމުގައިވާތީ، މިގޮފީގައި އެއްވެސް ބައިވެރިޔަކު ބައިވެރިނުވެއްޖެނަމަ ރާއްޖެއިން މިމުބާރާތުގައި ބައިވެރިނުވެވޭނެ ކަމުގައި ދަންނަވަމެވެ.

ބައިވެރިވުމުގެ ޝަރުޠު ( އަސާސީ ބައެއް )

މުޅި ޤުރްއާން ހިތުދަސްކުރުމުގެ ގޮފި:

1- ކީރިތި ޤުރްއާން ހިތުދަސް ފަރާތެއް ކަމުގައިވުން.

2- ޢުމުރުން 13 އަހަރާއި 25 އަހަރާ ދެމެދުގެ ފިރިހެނެއް ކަމުގައިވުން.

3- ތަޖުވީދުގެ ޙުކުމްތަކުގެ މަތިން ފުރިހައަށް ކިޔަވަން ދަންނަ ފަރާތެއްކަމުގައިވުން.

ދިހަ ޤިރާއަތާއެކު ކީރިތި ޤުރްއާން ހިތުދަސް ކުރުމުގެ ގޮފި:

1- މި ގޮފި ޚާއްޞަކޮށްފައިވަނީ ޝާޠިބިއްޔާ އަދި ދުއްރައިގެ ޠަރީޤުން ކީރިތި ޤުރްއާން 10 ޤިރާއަތަށް ހިތުދަސްކޮށްފައިވާ ފަރާތްތަކަށެވެ.

2- ޢުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ފިރިހެނެއް ކަމުގައިވުން.

3- ޝާޠިބިއްޔާއާއި ދުއްރުގެ މަތްނު ހިތުދަސް އަދި ރިވާޔަތުގެ ސުވާލުކުރުމުން ދެ މަތުނުގެ އަލީގައި ތަފާތު ބުނެދޭން އެނގުން.

4- ތަޖުވީދުގެ ޙުކުމްތަކުގެ މަތިން ފުރިހަމައަށް 10 ޤިރާއަތަށް ވަކިވަކިން ކިޔަވަން ދަންނަ ފަރާތެއްކަމުގައިވުން.

ކީރިތި ޤުރްއާން ތިލާވަތުކުރުމާއި ތަރުތީލު ކުރުމުގެ ގޮފި:

1- ޢުމުރުން 13 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނެއް ކަމުގައިވުން.

2- ތަޙްޤީޤުގެ ދަރަޖައިގައި ކިޔަވަން ދަންނަ ފަރާތެއްކަމުގައިވުން.

3- ތަޙްޤީޤުކޮށް ކިޔަވަންވާނީ މިންޝާވީ ޢަބްދުލްބާސިޠު ފަދަ މަޝްހޫރު ޤާރީންގެ ކިޔުމާ އެއްގޮތަށެވެ.

4- ތަޖުވީދުގެ ޙުކުމްތަކުގެ މަތިން ފުރިހައަށް ކިޔަވަން ދަންނަ ފަރާތެއްކަމުގައިވުން.

މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ، މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއާއެކު އައިޑީކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

30 ޞަފަރު 1436

22 ޑިސެންބަރު 2014