ނީލަން
ނަންބަރު: (IUL)14-A4/1/2023/17
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 13 މާރިޗު 2023 10:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހުގައިހުރި ބައު ތަކެތި ނީލަމުގައި ވިއްކުން (ކ.ތިލަފުށި)

           މި އޮފީހުގެ (IUL) 14-A4/1/2023/10 (16 ފެބްރުއަރީ 2023) ނަމްބަރު އިއުލާނާ ގުޅިގެން 28 ފެބްރުއަރީ 2023 ގައި ބޭއްވުނު ނީލަން ކިޔުމުގައި އެއްވެސް ފަރާތަކުން ބައިވެރިވެފައި ނުވާތީ އަލުން ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން  13 މާރޗް 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ކ.ތިލަފުށީ ކަސްޓަމްސް އޮފީހުގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

             ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

            ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިފައިގެން 13 މާރޗް 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ކ.ތިލަފުށި ކަސްޓަމްސްއަށް ހާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 މާރިޗު 2023