ބީލަން
ނަންބަރު: (IUL)272-ESMS/272/2023/21
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 09 މާރިޗު 2023 13:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙާފިޒްގެ ކެއުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ޙާފިޒްގެ ކެއުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން

1444 ވަނަ އަހަރު ޙިފްޒްކޮށް އިމާމްވެ ތަރާވީސް ނަމާދު ކުރުމަށް މިރަށަށް ވަޑައިގަންނަވާ ޙާފިޒްގެ ކެއުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި ކަމަށް ސައުޤުވެރިވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލްވުން 07 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ 13:00 ގައި އޮންނާނެއެވެ. އަދި ބިޑްހުށަހެޅުން 09 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިކައުންސިލް އިދާރާގައި އޮންނާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާކޮށްފައިވާ ސިޓީ އަކާއެކު، ބަދަލުގައި ވަޑައިގަންނަވާ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަ ވެސް ދަންނަވަމެވެ.

                ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 މާރިޗު 2023