ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2023/18
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 02 މާރިޗު 2023 18:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުމުންދޫ ސްކޫލްގެ އަލިމަސް ޔޫބިލް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޙަރަކާތްތައް ކުރިޔަށް ގެންދިއުމަށްޓަކައި ބައެއް މަގުތަކާއި ގޯޅިތައް ބަންދުކުރުމާއި ގުޅޭ

ކުމުންދޫ ސްކޫލްގެ އަލިމަސް ޔޫބިލް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޙަރަކާތްތަށް ކުރިޔަށް ގެންދިޔުމަށްޓަކައި 2023 މާރިޗު 1 ވާ ބުދަ ދުވަހުގެ 16:00 ން  ފެށިގެން 2023 މާރިޗު 02  ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ޒަމާނީ ހިނގުމުގެ ސްކޫލް ހިމެނޭ ސަރަޙައްދު އަދި  2023 މާރިޗް 2 ވާ ބުރާސްފަތި ދުވަހުގެ 16:00 އިން ފެށިގެން އެދުވަހުގެ އިރުއޮއްސި 18:00 އަށް މިއިއުލާން އާއި އެއްކަރުދާސްކުރެވިފައިވާ ޗާޓްގައި ފާހަގަ ކުރެވިފައިވާ މަގުތަކާއި ގޯޅިތަކުގައި އެއްގަމު އުޅަނދު ނުދުއްވާގޮތަށް ކައުންސިލުން ވަނީ ނިންމާފައެވެ.

                 ވީމާ، 2023 މާރިޗު 1 ވާ ބުދަ ދުވަހުގެ 16:00 ން  ފެށިގެން 2023 މާރިޗު 02  ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ޒަމާނީ ހިނގުމުގެ ސްކޫލް ހިމެނޭ ސަރަޙައްދު އަދި  2023 މާރިޗް 2 ވާ ބުރާސްފަތި ދުވަހުގެ 16:00 އިން ފެށިގެން އެދުވަހުގެ އިރުއޮއްސި 18:00 އަށް މިއިއުލާން އާއި އެއްކަރުދާސްކުރެވިފައިވާ ޗާޓްގައި ފާހަގަ ކުރެވިފައިވާ މަގުތަކާއި ގޯޅިތަކުގައި އެއްގަމު އުޅަނދުތަކުގެ ތެރެއިން ތިރީގައި މިދަންނަވާ އުޅަނދު ފިޔަވައި އެހެން އުޅަނދުތައް ދުއްވުމަކީ މަނާކަމެއް ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.

  1. އެމްބިއުލެންސް
  2. ބަލިމީހުންގޮވައިގެން ދަތުރުކުރާ އުޅަނދުތައް
  3. ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ ސައިކަލް
  4. އެދުވަހުގެ އެގަޑިގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު

              މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 މާރިޗު 2023