ކުއްޔަށް ހިފުން
ނަންބަރު: (IUL)265/265/2023/10
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 06 މާރިޗު 2023 10:30
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޒައިން އެންޑް ބިލްޑް އޮފް ހދ. ކުރިނބީ ހާބަރ ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ގެ މަސައްކަތް ކުރުމަށް މުވައްޒަފުން ތިބޭނެ ގެއެއް ހޯދުން

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) ގެ މުވައްޒަފުން ތިބުމަށްޓަކައި 03 ކޮޓަރި، 03 ފާޚާނާ، ސިޓިންގރޫމް، ބަދިގެ އަދި ކާތަން ހިމެނޭގޮތައް، 01 އަހަރު ދުވަހުގެ މުއްދަތައް ގެއެއް ކުއްޔައް ހިފުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 10:30 އަށް ކުރިނބީ ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސިހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ 9990125 ނަންބަރަށް ގުޅުއްވުން އެދެމެވެ.

މި މަސައްކަތުގެ އަންދާސިހިސާބު ހުށައަޅާ ޝީޓް މި އިޢުލާނާއިއެކު އާންމު ކުރެވިފައިވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 މާރިޗު 2023