ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2014/229
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 08 ޖަނަވަރީ 2015 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޑިރެކްޓަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޑިރެކްޓަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އީ. އެކްސް. 1

ބޭނުންވާ އަދަދު

01

މަޤާމުގެ ނަންބަރު

253092

ވަޒީފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި، ސެކްޝަން

ފައިނޭންސް ސެކްޝަން / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

މުސާރަ: -/8835ރ

ސަރވިސް އެލަވަންސް: -/2000ރ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

 (އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  1. ފައިނޭންސް މަސައްކަތާ ގުޅޭ ފަންނީ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ފައިނޭންސް ދާއިރާގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ފައިނޭންސް މަސައްކަތާ ގުޅޭ ފަންނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ފައިނޭންސް ދާއިރާގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. ފައިނޭންސް މަސައްކަތާ ގުޅޭ ފަންނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ފައިނޭންސް ދާއިރާގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  4. ފައިނޭންސް މަސައްކަތާ ގުޅޭ ފަންނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  5. ފައިނޭންސް މަސައްކަތާ ގުޅޭ ފަންނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ބަޖެޓްގެ އައިޓަމްތަކުން ކުރާ ޚަރަދުތައް ދުވަހުން ދުވަހަށް ބާކީކޮށް، ހަމަޖެހިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ބެލެހެއްޓުމާއި، މަހަކު އެއްފަހަރު މިނިސްޓްރީ އޮފް ފިނޭންސް އަށާއި އޯޑިޓް އޮފީހަށް ފޮނުވަންޖެހޭ ރިޕޯޓުތައް ގަވާއިދުން ފޮނުވުމުގެ ކަންތައްތައް ކުރުވުން.
  2. މިނިސްޓްރީއިން ކުރަންޖެހޭ އެންމެހާ ޚަރަދުތައް މާލިއްޔަތާ ބެހޭ ގަވާއިދާ އެއްގޮތަށް ޚަރަދުކޮށް ބެލެހެއްޓުމާއި އެކަމާ ބެހޭ އެންމެހާ ލިޔުންތައް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުވުން.
  3. މިނިސްޓްރީގެ ޕެޓީކޭޝް ފައިސާ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ބެލެހެއްޓުމާއި އެކަމާބެހޭ ރިޕޯޓު ގަވާއިދުން ފޮނުވުމުގެ ކަންތައްތައް ކުރުވުން.
  4. މިނިސްޓްރީގެ އާމްދަނީ ފައިސާ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ބަލައިގަނެ، ތިޖޫރީއަށްލުމާއި، އާމްދަނީ ފައިސާއާއި ތިޖޫރީ ރިޕޯޓު ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވޭތޯ ޗެކުކުރުން.
  5. ދަޢުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވައި ބެލެހެއްޓުން.
  6. މިނިސްޓްރީއިން ކޮންމެ މީލާދީ އަހަރަކަށް ތައްޔާރުކުރަންޖެހޭ ލަފާކުރާ ބަޖެޓް ތައްޔާރުކުރާނެ ގޮތުގެ މަޢުލޫމާތުދީ، ސެކްޝަންތަކުގެ މަޝްވަރާއާއެކު ތައްޔާރުކޮށް، ހަމަޖެހިފައިވާ މުއްދަތުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ފޮނުވޭކަން ޔަޤީންކުރުން.
  7. މިނިސްޓްރީ އިން ކޮންމެ މީލާދީ އަހަރެއް ނިމޭއިރު ހަދަން ޖެހޭ މާލީ ބަޔާންތައް ފުރިހަމަކޮށް ފިނޭންސް މިނިސްޓްރީއިން އަންގާ ތާވަލާ އެއްގޮތަށް ނިންމައި އޯޑިޓް އޮފީހަށް ފޮނުވޭތޯ ޔަޤީން ކުރުން.
  8. ބޭރުގެ އެހީ ލިބިގެން ޚަރަދުކުރާ އެކައުންޓުތަކުގެ ޚަރަދު ރިޕޯޓު ހެދުމުގެ މަސައްކަތްތައް ކުރުވުން.
  9. އައުޓްސްޓޭންޑިންގ ސްޓޭޓްމަންޓުތަކުގެ ބިލްތަކަށް ފައިސާ ދެއްކިފައިވޭތޯ ޗެކުކުރުވުން.
  10. ދަށުން މަސައްކަތް ކުރައްވާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި ސެކްޝަންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  11. އަދި މިނޫނަސް އޮފީހުން ޙަވާލުކުރާ ސަރުކާރުގެ ރަސްމީ އެންމެހާ މަސައްކަތްތައް ކުރުވުމާއި ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3004146، 3004340 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ފައިނޭންސްއާ ގުޅުންހުރި ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވުން.
  2. ފައިނޭންސްއާ ގުޅުންހުރި ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ހޯދާފައިވުން.
  3. އިންޓަވިއު.
  4. ލީޑަރޝިޕް ހުނަރު.
  5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
  6. މާލިއްޔަތު ގާނޫނާއި ސިވިލް ސަރވިސް ގަވާއިދަށް އަހުލުވެރިވެފައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް (އަމީނީމަގު، މާފަންނު / މާލެ) ނުވަތަ މިނިސްޓްރީގެ އެޗް އާރް ސެކްޝަންގެ އީމެއިލް: [email protected]  އަށް ފޮނުއްވުން އެދެމެވެ. 
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 08 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން.

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން

  • މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 2015 ޖަނަވަރީ މަހުތެރޭގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަނަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން  ޑައުންލޯޑްވެސް ކުރެވޭނެއެވެ http://www.housing.gov.mv/v1/file-download/ )
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރު ކޮށްފައިވާ ސީވީ). 

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

02 ރަބީޢުލްއައްވަލް 1436

24 ޑިސެންބަރު 2014