ވަޒީފާގެ ފުރުޞަތު
ނަންބަރު: WAMCO-HR/IUL/2023/014
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 09 މާރިޗު 2023 12:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް ސޭފްގާރޑްސް އެސިސްޓެންޓް

އިޢުލާން

ނަންބަރު: WAMCO-HR/IUL/2023/014

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް ސޭފްގާރޑްސް އެސިސްޓެންޓް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އެސިސްޓެންޓް

މުސާރައާއި ޢިނާޔަތްތައް

މަހަކު -/8,000 އާއި -/ 12,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / އޮޕަރޭޝަންސް ޑިޕާރޓްމެންޓް / ކުންފުނިން ކަނޑައަޅާ ތަނެއް

ބޭނުންވާ އަދަދު

02

ޝަރުޠު

  1. ދައްވެގެން އެންވަޔަރަންމަންޓަލް ސައިންސް، ނުވަތަ އެންވަޔަރަންމަންޓަލް މެނޭޖްމަންޓް، ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުން، ނުވަތަ؛
  2. ޖިސީއީ އޭލެވެލްއިން މަދުވެގެން 2 މާއްދާއިން ދައްވެގެން C ފާސް ލިބިފައިވުން. ނުވަތަ؛
  3. ޖިސީއީ އޯލެވެލްއިން މަދުވެގެން 3 މާއްދާއިން ދައްވެގެން C ފާސް ލިބިފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއިން މަދުވެގެން 1 (އެއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. މަސައްކަތާއި ގުޅޭ ދާއިރާއިން މަދުވެގެން 2 (ދޭއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  5. ކުނި މެނޭޖުކުރުމުގެ ދާއިރާއިން ހިންގިފައިވާ އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  6. ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ ތިމާވެށީގެ ޤާނޫނާތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  7. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން،
  8. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
  9. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަނުގެ ދަށުން ހިންގާ އެކިއެކި ފެސިލިޓީ ތަކުގައި ތިމާވެއްޓާއި އިޖުތިމާޢީ ގޮތުން ރައްކާތެރި ކުރުމަށް އެޅޭ ފިޔަވަޅުތައް ތަންފީޛުކުރުމާއި ބެލެހެއްޓުން.
  2. ކޯޕަރޭޝަނުގެ ދަށުން ހިންގާ އެކިއެކި ފެސިލިޓީތަކުގައި ތިމާވެއްޓާއި އިޖުތިމާޢީ ގޮތުން ރައްކާތެރިނޫން ގޮތްގޮތަށް ކުރެވޭ ކަންކަން ފާހަގަކޮށް، އެކަންކަން ދެމެހެއްޓެނިވި ގޮތަކަށް އިސްލާހުކޮށް ޚަރުދަނާކުރުން.
  3. އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީ.ޕީ.އޭ) އިން ފާސްކޮއްފައިވާ އީ.އައި.އޭ ރިޕޯޓްތަކާއި އެއްގޮތަށް އެކުލަވާލެވޭ ކޯޕަރޭޝަނުގެ ތިމާވެއްޓާއި އިޖުތިމާއީ ހިންގުމުގެ ޕްލޭންގައި ހިމެނޭ ކަންކަން ހިންގައި ބަލެހެއްޓުން.
  4. ކަނޑައެޅޭ ތާވަލަކާއި އެއްގޮތަށް ކޯޕަރޭޝަނުގެ އެކިއެކި ފެސިލިޓީތަކަށް ޒިޔާރަތްކޮށް، ސޭފްގާރޑްސް މިންގަނޑުތައް މޮނިޓަރކޮށް ޔޫ.އާރ.އޭއަށް ހުށަހަޅަންޖެހޭ ރިޕޯޓްތަކާއި ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންޓަރވިއު އަދި އިމްތިހާން

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ. ލިޔެކިޔުންތައް ނުގެނެވޭނަމަ އެލިޔުމަކަށް ލިބޭ މާކްސް އުނިކުރެވިގެން ދާނެއެވެ.

  1. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2023 މާރިޗު 09 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ނުވަތަ [email protected]  ހުށަހެޅުއްވުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން 2023 މާރިޗު މަހުގައިކުރިއަށް ގެންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ.

09 ޝަޢުބާން 1444

01 މާރިޗު 2023

 

01 މާރިޗު 2023