ދިވެހިރާއްޖެ
"ދުޅަހެޔޮ ޞިއްޙަތަކަށް ސާފު ތިމާވެށްޓެއް" މިޝިޢާރުގެ ދަށުން، ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިސްނަންގަވައިގެން 2014 ޑިސެންބަރު 13 ވީ ހޮނިހިރުދުވަހު ފަށްޓަވާފައިވާ ޕްލާސްޓިކް ފުޅި ރީސައިކަލް ކުރުމުގެ ޕްރޮޖެކްޓް މިހާރުވަނީ ނިމިފައެވެ. ނަމަވެސް، ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަންބަރު SAM/MED/2014/005 ނޫސް ބަޔާނުގައި ބަޔާންކޮށްފައިވާ ސަރަޙައްދުތަކަށް އަދިވެސް ހުސްފުޅިއާއި ކުނިބުނި އަޅަމުންދާތީ މިކަމުގެ ޝަކުވާ މިއެޖެންސީއަށް އަންނަނީ ލިބެމުންނެވެ.
ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މީގެ ކުރިން ހުސްފުޅި އެއްކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތައް
- އަލިމަސް ކާނިވަލްގެ މައިދޮރާށި ކުރިމަތި
- ވެލާނާގޭގެ ޕާރކިންގ ޒޯން
- ޢަރަބިއްޔާ ސްކޫލް
- ކަލާފާން ސްކޫލް
- ގަލޮޅު ސްޓޭޑިއަމް (އޮލިމްޕަސް ކުރިމަތީ ގޭޓް)
- މީޑިއާ ކައުންސިލުގެ ކުރިމަތި
- ޖަމާލުއްދީން ސްކޫލުގެ ކުރިމަތި
- ކާމިނީ ޝޮޕިންގ ކޮމްޕްލެކްސްގެ އިރަށް އޮންނަ ހުސްބިން
- ވިޔަފާރިވެރިންގެ މިސްކިތާ އިންވެގެން އޮންނަ ޕާކް
- މަޖީދީމަގު ހުޅަނގުކޮޅު
- ނަލަހިޔާގެ ކުރިމަތީ ބަސްހުއްޓި
- މ.ބޮޑުގެ (މާފަންނު ބުރު ކައިރި)
ވީމާ، މަތީގައި ބަޔާންކުރެވިފައިވާ ސަރަޙައްދުތަކަށް ހުސްފުޅިއާއި ކުނި ގެންދިއުމަކީ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު: 2013/R-58) ގެ ޖަދުވަލު ލ. ގެ ދެވަނަ މާއްދާއިން މަނާކަމެއްކަމުގައި ދެންނެވީމެވެ. އަދި ގަވާއިދާ ޚިލާފަށް މަތީގައި ބަޔާންކުރެވުނު ތަންތަނަށް ކުނިއަޅާ ފަރާތްތަކާމެދު ފިޔަވަޅުއެޅޭނެ ވާހަކަވެސް މިފުރުޞަތުގައި ދެންނެވީމެވެ.