ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I /2023/17
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 09:32
ސުންގަޑި: 12 މާރިޗު 2023 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑެކްކުރޫ ، ވެލްޑަރ، ބޯސުން

ވަޒީފާގެ ފުރުޞަތު

މި ކުންފުނީގެ ތިރީގައިމިވާ މަޤާމްތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ވެލްޑަރ

ބޭނުންވާ ޢަދަދު

  1 ( އެކެއް )

ވަޒީފާގެ ބާވަތް

  ކޮންޓްރެކްޓް، 01 އަހަރު ދުވަހުގެ މުއްދަތަށް

ވަޒީފާ އަދާކުރަންޖެހޭ ތަން:

  މިފްކޯ ބޯޓްފަހަރުގައި

މުސާރަ:

10332.00 ރުފިޔާ 12699.00 ރުފިޔާ ދެމެދު

ޝަރުޠު:

  • ވެލްޑިންގ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން
  • ވެލްޑިންގ ދާއިރާއާއި ގުޅޭ ދާއިރާއިން ސެޓްފިކެޓެއް ޙާސިލް ކޮށްފައިވުން
  • ހުރިހާ ވައްތަރެއްގެ ވެލްޑިންގ ކުރަން އެގުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކުންފުނީގެ ޤަވާޢިދު ތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި ޤަވައިދުތަކަށް ބޯލަބައި ޢަމަލުކުރުން.
  • ގަޑިއަށް ސަމާލުވެ، ވަޒީފާއަށް ޙާޒިރުވުން. އަދި ކަޑައެޅިފައިވާ ޔުނިފޯރމް ފުރިހަމަ ކުރުމާއި، ސޭފުޓީ ޤާއިމުކުރުން.
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރުން.
    • ސްޕަވައިޒަރުގެ ބެލުމުގެ ދަށުން ބޯޓުގެ މަސައްކަތް ކުރުމަށް ރާވާފައިވާ ޝެޑިއުލާ އެއްގޮތަށް ވެލްޑިންގެ މަސައްކަތް ކުރިޔަށް ގެންދިއުން.
    • ބޯޓުގެ ކުރެވޭ އެހެނިހެން މަސައްކަތްތަކަށް، އެހީތެރިކަން ދޭންޖެހިއްޖެ ހާލަތްތަކުގައި އެހީތެރިކަން ދިނުން.

މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އުފައްދާ ދަމަހައްޓަށް މަސައްކަތް ކުރުން.

 

 

މަޤާމު

ޓްރެއިނީ އިންޖިނިއަރ / އޮއިލަރ

ބޭނުންވާ ޢަދަދު

  5( ފަހެއް )

ވަޒީފާގެ ބާވަތް

  ކޮންޓްރެކްޓް، 01 އަހަރު ދުވަހުގެ މުއްދަތަށް

ވަޒީފާ އަދާކުރަންޖެހޭ ތަން:

  މިފްކޯ ބޯޓްފަހަރުގައި

މުސާރަ:

8505.00 ރުފިޔާ   އާއި 9207.00 ރުފިޔާ ދެމެދު

ޝަރުޠު:

  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކު ކަމުގައިވުން.
  • މަސައްކަތުގައި ތަޖުރިބާ ލިބިފައިވުން

 

މަޤާމުގެ މަސްޢޫލިއްޔަތު:

  • އިންޖިންރޫމްގައި ކުރަން ހުރި މެއިންޓަނަސް މަސައްކަތް ކުރުން.
  • ބޯޓު ބަނދަރުތަކަށް ފުރުމުގެ ކުރިން ތެލާއި ފެނާއި ހަމަޔަށް ހުރިތޯ ބެލުން
  • އިންޖިންރޫމް ޑިއުޓީކުރުން
  • ޗީފް އިންޖިނިއަރގެ ބެލުމުގެ ދަށުން އިންޖިންރޫމްގައި ކުރަންހުރި މަސައްކަތްކުރުން.

 

 

 

މަޤާމު

ބޯސުން

ބޭނުންވާ ޢަދަދު

  2( ދޭއް )

ވަޒީފާގެ ބާވަތް

  ކޮންޓްރެކްޓް، 01 އަހަރު ދުވަހުގެ މުއްދަތަށް

ވަޒީފާ އަދާކުރަންޖެހޭ ތަން:

  މިފްކޯ ބޯޓްފަހަރުގައި

މުސާރަ:

10332.00 ރުފިޔާ 12699.00 ރުފިޔާ ދެމެދު

ޝަރުޠު:

މަސައްކަތުގެ ހުނަރާއި، ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާއި ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހު ވަޒީފާ އަދާކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ބޯޓުގެ ޑެކްކުރޫންގެ މަސައްކަތްތައް ހިގާ ނުހިގާގޮތް ބަލާ ސީދާ ކެޕްޓަނަށް  ރިޕޯރޓް ކުރުން.
  • ކުރޫންނަށް މަސައްކަތް ހަވާލުކޮށް މަސައްކަތް ކުރުވުން.
  • ބޯޓުގެ ބަދިގެ، މެސްރޫމް، ފާޚާނާ، އެކޮމޮޑޭޝަން، ސްޓޯރ އަދި ޑެކްމަތި ފަދަ  ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ބޯޓަށް ގެންނަ މުދާ ހަވާލުވެ، މުދަލުގެ އިންވެންޓްރީ ބަލަހައްޓާ، ސްޓޯރުގައި  އެތަކެތި ބަހައްޓައިގެން މަސައްކަތަށް ބޭނުންވާ ވަރަށް ދޫކޮށް އެތަކެއްޗަށް  ވާނުވާ ބެލުން.
  • ބޯޓު ބަދަރު ކުރާއިރުއާއި ޖެޓީގައި އެލޯންގ ސައިޑް ކުރާއިރު ސަލާމަތްކަމާއި  ރައްކާތެރި ގޮތަށް ކެޕްޓަންގެ އިރުޝާދާ އެއްގޮތަށް އެންކަރު ލުމާއި ވާވެލާވެލިތައްލުން.
  • ބޯޓަށް އެރުވޭ މުދަލާ ބޯޓުގެ ފަރާތުން ހަވާލުވެ ކަޑައެޅިފައިވާ ތަނަށް  ގެންދެވެންދެން ރައްކާތެރިކަމާއެކު ބެލެހެއްޓުން އަދި މިތަކެތި ހަވާލުވެ  އަދި ދޫކުރާއިރު ލިޔެކިޔުންތައް ފުރިހަމަ ކުރުން.
  • ވަކިބާވަތެއްގެ މުދަލެއް ބޯޓަށް އަރުވައިފިނަމަ (ފިނިކުރި ތަކެތި/ ތަރުކާރީ / ކަރުދާސް ފޮށި / ލަކުޑި) މިތަކެތި ހަލާކު ނުވާނޭހެން ބޯޓުތެރޭގައި ބެހެއްޓޭނެ އިންތިޒާމެއް ކެޕްޓަންގެ މަޝްވަރާޔާއެކު ހަމަޖައްސަވާ މިފަދަ ތަކެތި ހަލާކުނުވެ ގެންދަންޖެހޭ ބޯޓު/ސެންޓަރަށް ގެންދިއުން.

ބޯޓުގައި ކުރެވޭ މަސައްކަތްތަކުގައި އެހެނިހެން މުވައްޒަފުންނަށް އެހީތެރިވުން.

 

 

މަޤާމު

ޑެކްކުރޫ

ބޭނުންވާ ޢަދަދު

  18(އަށާރަ )

ވަޒީފާގެ ބާވަތް

  ކޮންޓްރެކްޓް، 01 އަހަރު ދުވަހުގެ މުއްދަތަށް

ވަޒީފާ އަދާކުރަންޖެހޭ ތަން:

    މިފްކޯ ބޯޓްފަހަރުގައި

މުސާރަ:

8505.00 ރުފިޔާ   އާއި 9207.00 ރުފިޔާ ދެމެދު

ޝަރުޠު:

  • ގިނަވަގުތު މަސައްކަތް ކުރެވޭނެ ޞިއްޙަތު ރަގަޅު ފަރާތެއް ކަމުގައިވުން

މަޤާމުގެ މަސްޢޫލިއްޔަތު:

ބޯޓުފަހަރުގެ ޑިއުޓީ ކުރުން. ގަންނަ މަސް ބަރުކުރުމާއި މަސް ހުސްކުރުން. އައިސް ނެގުމާއި އައިސް ކުރުން އަދި ބޯޓުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން

ބޯޓުގެ ޑެކްމަތި ސާފްކޮށް ބެލެހެއްޓުން.

 

 

މަޤާމު

ކައްކާ

ބޭނުންވާ ޢަދަދު

  2( ދޭއް )

ވަޒީފާގެ ބާވަތް

  ކޮންޓްރެކްޓް، 01 އަހަރު ދުވަހުގެ މުއްދަތަށް

ވަޒީފާ އަދާކުރަންޖެހޭ ތަން:

  މިފްކޯ ބޯޓްފަހަރުގައި

މުސާރަ:

8700.00 ރުފިޔާ   އާއި 9240.00 ރުފިޔާ ދެމެދު

ޝަރުޠު:

ކައްކަން އެގޭ އަދި ކެއްކުމުގެ ދާއިރާގެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު

  • ބޯޓުގެ މުވައްޒަފުންނަށް ކެއްކުން
  • ކެއްކުމަށް ބޭނުންވާ ސާމާނު ހަމަކޮށްފައި ބެހެއްޓުން
  • ބަދިގެ އަދި ކާގެ ސާފުކުން

 

 

 

މަޤާމް

ވެއިޓާރ

ބޭނުންވާ ޢަދަދު

2 (ދޭއް)

ވަޒީފާގެ ބާވަތް

  ކޮންޓްރެކްޓް، 01 އަހަރު ދުވަހުގެ މުއްދަތަށް

ވަޒީފާ އަދާކުރަންޖެހޭ ތަން:

  މިފްކޯ ބޯޓްފަހަރުގައި

މުސާރަ:

  • 8505.00 ރުފިޔާ   އާއި 9207.00 ރުފިޔާ ދެމެދު

ޝަރުޠު:

  • ގިނަވަގުތު މަސައްކަތް ކުރެވޭނެ ޞިއްޙަތު ރަގަޅު ފަރާތެއް ކަމުގައިވުން 

މަޤާމުގެ މަސްޢޫލިއްޔަތު

  • ކައްކާއަށް އެހީތެރިވެދީ އަދި ކާގެ ބަދިގެ ސާފުކުރުން
  • ވެއިޓަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްކުރުން
  • ބަދިގެއަށް ބޭނުންވާ ސާމާނު ހޯދުމުގައި ކައްކާއަށް އެހީތެރިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަންއަށް ނުވަތަ އީމެއިލ ކުރައްވާނީ  [email protected]  އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 12 މާރޗް 2023 ވާ އަދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

01 މާރިޗު 2023