މަޤާމް:
|
ޕްރޮކިއުމަންޓް އޮފިސަރ
|
ބޭނުންވާ އަދަދު:
|
01
|
ސެކްޝަން:
|
އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން
|
އަސާސީ މުސާރަ:
|
6,950.00 ރ
|
ސާވިސް އެލަވަންސް:
|
2,500.00 ރ
|
ނޮންޕްރެކްޓިސިންގ އެލަވަންސް:
|
3,127.50 ރ
|
ވަޒީފާ އަދާކުރަންޖެހޭތަން:
|
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ
|
ފެންވަރު ނުވަތަ ޝަރުތު:
|
- އޭ ސީ ސީ އޭ ފަންޑަމެންޓަލް ނޮލެޖް މޮޑިއުލްތައް ފުރިހަމަކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ޕްރޮފެޝަނަލް ކޯސްތަކެއް ފުރިހަމަކޮށްފައިވުމާއެކު އެކައުންޓިންގ/ފައިނޭންސް ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- އެކައުންޓިން/ ފައިނޭންސް ދާއިރާއިން ޑިޕްލޮމާ ފާހެއް އޮތުމާއެކު އެކައުންޓިންގ/ފައިނޭންސް ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- އެކައުންޓިން/ފައިނޭންސް ދާއިރާއިން އެޑްވާންސް ސެޓްފިކެޓެއް ނުވަތަ ލެވެލް 4 ގެ ސެޓްފިކެޓެއް ޙާޞިލުކޮށްފައިވުމާއެކު އެކައުންޓިންގ/ފައިނޭންސް ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން ޕްރޮކިއުމަންޓް އޮފިސަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
- ޢާންމު މަޞްލަޙަތާއި ޕްރޮކިޔުމަންޓްގެ މަޤުޞަދާ އެއްގޮތަށް، އަދި ޕްރޮކިޔުމަންޓްގެ ކަންތައްތައް ރާވާފައިވާ އުޞޫލުތަކާއި، ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރުން
- ބީލަމުގައި ބައިވެރިވާ ފަރާތްތަކަށް (ބީލަންވެރިންނަށް) ވާދަވެރިކަމާއެކު ބައިވެރިވެވޭނެ ހަމަހަމަ ފުރުޞަތު ހޯދައިދިނުމާއި، ވަކިފަރާތަކަށް ނުޖެހި މަސައްކަތްކުރުން
- ޕްރޮކިޔުމަންޓް ކަންތައްތަކާއި، ޕްރޮކިޔުމަންޓާ ގުޅުންހުރި ކަންތައްތަކާބެހޭގޮތުން، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ގަވާއިދުގައިވާ ގޮތުގެމަތިން މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުން
- ޕްރޮކިޔުމަންޓްގެ ކަންތައްތައް ހިނގާގޮތާއި، ހިންގުމުގެ ފެންވަރު ބަލައި، ގެންނަން ފެންނަ އިސްލާޙުތައް މާލީޒިންމާދާރުވެރިޔާއަށް ހުށަހެޅުން
- ޕްރޮކިޔުމަންޓާބެހޭ އެންމެހައި މަޢުލޫމާތު ރައްކާކޮށް ބެލެހެއްޓުމާއި، ގަވާއިދުގައިވާ ގޮތުގެމަތިން އެމަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން
- އޮތޯރިޓީއަށް ބޭނުންވާ މުދާގަތުމާއި، ޚިދުމަތް ހޯދުމާއި، މަސައްކަތް ކުރުވާނެ ފަރާތްތައް، މިގަވާއިދުގައިވާ ގޮތުގެމަތިން ހޯދުމާއި، ޕްރޮކިޔުމަންޓާބެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ހިންގުމާއި، ބެލެހެއްޓުން
- ޕްރޮކިޔުމަންޓްގައި ބައިވެރިވާ ފަރާތްތަކުގެ (ބީލަންވެރިންގެ) މައުލޫމާތާއި، އެފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމާއި، ސިއްރު ހިފެހެއްޓުން
- ކަރަޕްޝަނާއި، މަޤާމު ބޭނުންކޮށްގެން ތިމާއަށް ނުވަތަ ވަކިފަރާތަކަށް ނުވަތަ ވަކިބަޔަކަށް މަންފާއެއް ލިބޭފަދަގޮތަކަށް އެއްވެސް މަސައްކަތެއް ނުކުރުން. އަދި އަމިއްލަ މަޞްލަޙަތާއި ގުޅުންހުރި ކަންތައްތަކުން ދުރުހެލިވުން
- ބީލަމަށް ހުށަހަޅާ ޕްރޮކިޔުމަންޓްގެ ކަންތައްތަކާގުޅިގެން، ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް، މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ތައްޔާރުކުރުމާއި، ޝާއިޢު ކުރުމާއި، އިވެލުއޭޝަނާއި، ކޮމިޓީ މަރުހަލާގެ ނިންމުންތައް ނިމުމުން އެޕްރޮކިޔުމަންޓަކާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ގަވާއިދުގައިވާ ގޮތުގެ މަތިން އެކަންތައްތައް ހިންގާ ބެލެހެއްޓުން
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:
|
12 މާރިޗް 2023 ވާ އާދީއްތަ ވާ އާދިއްތަ ދުވަހުގެ 1500 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް.
|
ހުށަހަޅަންޖެހޭ ލިޔުން:
|
- ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)
|
އިންޓަރވިއު ކުރުން:
|
އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
|
ނޯޓް:
|
- އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.
|