ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)201-A/1/2023/6
ޕަބްލިޝްކުރި ތާރީޚް: 01 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 09:16
ސުންގަޑި: 12 މާރިޗު 2023 15:00
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް

މަޤާމް:

ޑިރެކްޓަރ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް

ބޭނުންވާ އަދަދު:

01

ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް

އަސާސީ މުސާރަ:

18,000.00 ރ

ސާވިސް އެލަވަންސް:

4,500.00 ރ

ނޮންޕްރެކްޓިސިންގ އެލަވަންސް:

8,100.00 ރ

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ

ފެންވަރު ނުވަތަ ޝަރުތު:

  1. އޭ ސީ ސީ އޭ ޕްރޮފެޝަނަލް ލެވަލްގެ  އެސެންޝަލް 3 ކަރުދާހުން ފާސްވެފައިވުން ނުވަތަ އެއާ އެއްވަރުގެ ޕްރޮފެޝަނަލް ކޯސްތަކެއް ފުރިހަމަކޮށްފައިވުމާއެކު އެކައުންޓިންގ/ފައިނޭންސް ދާއިރާއިން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި މެނޭޖްކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން

ނުވަތަ

  1. އެކައުންޓިން/ފައިނޭންސް ދާއިރާއިން ޑިގްރީއެއް އޮތުމާެއެކު އެކައުންޓިންގ/ފައިނޭންސް ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި މެނޭޖްކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން

 

މަޤާމުގެ މަސްޢޫލިއްޔަތު:

ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީތަކުގައިވާ ގޮތުގެ މަތީން އެޑްމިނިސްޓްރޭޝަން ޔުނިޓް ހިންގުމުގައި ތިރީގައިވާ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން:

  1. ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނާއި ޤަވާއިދު އަދި އެސް.އޯޕީ ގައިވާ ގޮތުގެ މަތިން މަސްޢޫލިއްޔަތުތަކާއި ޒިންމާ އަދާކުރަމުން ގެންދިއުން
  2. ދާއިރާގެ ކުރިއެރުމާއި ތަރައްޤީ އަށް ބޭނުންވާ މަޝްރޫޢުތަކާއި ސްޓެރެޓަޖިކް ޕްލޭން އަދި ހަރަކާތްތައް އެކުލަވާލައި ހިންގުން
  3. ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮނިގަނޑު (ބޭނުންވާ މުވައްޒަފުންގެ އަދަދު ފެންވަރު) އެކުލަވާލައި، މުވައްޒަފުން ހޯދުމާއި ވަޒީފާދިނުމާއި ވަޒީފާއިން ވަކިކުރުމުގެ ކަންތައްތައް އިސްވެރިޔާގެ ލަފާގެ މަތިން ކުރިއަށް ގެންދިއުން
  4. މުވައްޒަފުންނަށް ބޭނުންވާ ތަމްރީން އާއި ހުނަރުތައް ދާއިރާ އަށް ލިބޭނެގޮތްތައް ހޯދުން
  5. ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިދާރީ މަސައްކަތްތަކާއި ދެވޭ ޚިދުމަތް ކުރިއެރުވުމަށް އައު ޓެކްނޮލޮޖީ އައި ރަނގަޅުގޮތްތައް ހޯދާ ދެނެގަނެ އެގޮތްތައް ތައާރަފްކުރުން
  6. އަލަށް ވަޒީފާއަށް ނުކުންނަ މުވައްޒަފުންނަށް ދިނުމަށް ކަނޑައެޅި ހަމަޖެހިފައިވާ ޓްރޭނިންގްތައް ދިނުން އަދި މަޢުލުމާތު ފޯރުކޮށްދިނުމަށް ބޭނުންވާ ޕްރޮގްރާމްތައް ކަނޑައަޅާ ކަންތައްތައް ދާގޮތް ބެލުން
  7. ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އަހަރީ ރިޕޯޓް އެކުލަވާލުމުގައި ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން
  8. ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް އަންނަ ނުކުންނަ ސިޓީ ފަދަ ޑޮކިއުމަންޓްތައް ބަލާ ކަމާގުޅޭ ސެކްޝަންތަކަށް ފޮނުވުމަށް އިސްވެރިޔާގެ ލަފާގެ މަތިން ކުރިއަށް ގެންދިއުން
  9. ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މުވައްޒަފުންނަށްދޭ އެންމެހާ ޗުއްޓީގެ ކަންތައް ޤަވާއިދާ އެއްގޮތައްތޯ ދަނީ ބަލާ ޗުއްޓީ ދިނުން
  10. ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އަހަރީ ބަޖެޓް އެކުލަވާލުމުގައި ލަފަޔާއި އިރުޝާދުދިނުން
  11. ސިވިލް އޭވިއޭޝަން އޮތޯރިޓީ މުވައްޒަފުންގެ ރެކޯޑްތައް ބެލެހެއްޓުމަށް ބޭނުންވާ ލަފާދީ ކުރިއަށް ގެންދިއުމުގެ މަގު ފަހިކޮށްދީ ބެލެހެއްޓުން

 

ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން ފިނޭންސް ޔުނިޓް ހިންގުމުގައި ތިރީގައިވާ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން:

  1. ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން ޑިރެކްޓަރ ފައިނޭންސްގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން
  2. ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މާލީ ސިޔާސަތު، ސަރުކާރުގެ މާލީ ސިޔާސަތާ އެއްގޮތަށް ރާވައި ހިންގުން
  3. ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ތައްޔާރުކުރަންޖެހޭ ބަޖެޓް ތައްޔާރުކުން
  4. ޚަރަދު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކަށް ޚަރަދުކުރުމަށާއި، ބޭކާރު ޚަރަދުނުކުރުމަށާއި އަދި އެއްވެސް ޚަރަދެއް ގަވާއިދުން ހުއްދަ ދެވިގެން މެނުވީ ނުކުރެވޭ ގޮތަށް ކޮންޓްރޯލްކުރުން
  5. ލިބެން ޖެހޭ އާމްދަނީ ގަވާއިދުން ހޯދުމާއި އަދި ފޯރުކޮށްދެވޭ ތަފާތު ޚިދުމަތްތަކުގެ އަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ބަލައި، ގަވާއިދުން މާލީޒިންމާދާރުވެރިޔާއަށް ހުށަހެޅުން
  6. މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ހިސާބުކުރުމުގެ މިންގަނޑުތައް އެތަނެއްގައި ޤާއިމުކޮށް އެއާއި އެއްގޮތަށް އަމަލުކުރުން
  7. ފައިނޭންޝަލް ކޮންޓްރޯލަރ ނުވަތަ ޤާނޫނީގޮތުން މާލީ ހިސާބުތައް ބަލައި ޗެކްކުރުމުގެ ބާރު ލިބިފައިވާ ފަރާތްތަކުން ސާފުކުރުމަށް ފޮނުވާ ސުވާލުތަކަށް ލަސްނުކޮށް ޖަވާބު ދިނުމާއި ބޭނުންވާ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުން
  8. ޤާނޫނެއް، ޑައިރެކްޝަނެއް، ޤާނޫނެއްގެ ދަށުން ހެދޭ ގަވާއިދެއް ނުވަތަ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ތައްޔާރުކުރަން ޖެހޭ މާލީ ރިޓާރންސް އާއި ހިސާބުތައް ލަސްނުކޮށް ތައްޔާރުކުރުން
  9. ޢާންމުންނާއިއެކު ކުރެވޭ މުޢާމަލާތްތައް އެންމެ އެދެވޭ ގޮތަށް ކުރުމަށްޓަކައި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަޝްވަރާއާއިއެކު، ޢާންމުންނަށް ފަސޭހަވާނެ ގޮތްތައް ހޯދާ ބަލާ އެގޮތަކަށް ކަންކަން ރޭވުން
  10. ހިސާބުތައް ބެލެހެއްޓުމަށް ދެވޭ އިރުޝާދުގައި އުނިކަމެއް ހުރި ކަމަށް ފާހަގަ ކުރެވިއްޖެނަމަ، ނުވަތަ މާލީ އަދި ހިސާބު ބެލެހެއްޓުމުގެ ނިޒާމަށް އެދެވޭ އިޞްލާހެއް ގެންނަން ފެންނަނަމަ އެކަން މާލީޒިންމާދާރުވެރިޔާ މެދުވެރިކޮށް ފައިނޭންޝަލް ކޮންޓްރޯލަރއަށް ހުށަހެޅުން
  11. އަލަށް ވަޒީފާއަށް ނިކުންނަ މުވައްޒަފުން ހިސާބު ބެލެހެއްޓުމާއި ބެހޭ ނިޒާމަށް ހޭލުންތެރިކުރުވުން
  12. މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ހިސާބާއި ބެހޭ ފޮތްތަކާއި އެހެނިހެން ރެކޯޑުތައް ގަވާއިދުން ބެލެހެއްޓުން
  13. ފައިސާ ޚަރަދުކުރުމުގައި ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ޕޭމަންޓް ވައުޗަރތަކަށް ހުއްދަ ދިނުން
  14. ޚަރަދުކުރުމަށް ބޭނުންވާ ފައިސާ ޤާނޫނީ ހަމަތަކުގެ މަތިން ލިބެންހުރިތޯ ޔަގީންކުރުން
  15. ފައިސާ ޚަރަދުކުރާ ނުވަތަ ޓްރާންސްފަރކުރާ އެކައުންޓަކީ ރަނގަޅު އެކައުންޓެއްކަމާއި، ޕޭމަންޓް ވައުޗަރުގައި ޚަރަދުކުރުމަށް ނުވަތަ ޓްރާންސްފަރ ކުރުމަށް ރެކޯޑް ކުރެވިފައިވަނީ ރަނގަޅަށްތޯ ބެލުން
  16. ދައްކަންޖެހޭ ފައިސާއާބެހޭ ލިޔެކިޔުންތައް ޗެކުކޮށް ސޮއިކޮށްފައިވޭތޯ ބެލުން
  17. ފައިސާ ދެއްކުމާ ބެހޭގޮތުން ފުރިހަމަކުރަންޖެހޭ އެހެން އެއްވެސް ކަމެއް ވާނަމަ އެކަމެއް ޕޭމަންޓް ވައުޗަރާއެކު ފުރިހަމަ ކޮށްފައިވޭތޯ ބެލުން
  18. އޮތޯރިޓީގެ އެހެން ސެކްޝަންތަކަށް މާލީ ކަންކަމާގުޅޭގޮތުން ބޭނުންވާ ފަންނީ  އެހީތެރިކަމާއި ލަފާދިނުން

 

ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީތަކުގައިވާ ގޮތުގެ މަތީން އައި.ޓީ ޔުނިޓް ހިންގުމުގައި ތިރީގައިވާ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން:

  1. އޮފީހުގެ އައި ޓީ ހުރިހާކަމެއް ހިނގާގޮތް ބެލުން
  2. އައި.ޓީ އެޑްމިނިސްޓްރޭޓަރ އެކުލަވާލާ ޕްލޭންތައް މުރާޖަޢާކޮށް އެޕްރޫވް ކުރުން
  3. އޮފީހަށް ބޭނުންވާ އައި ޓީ ވަޞީލަތްތައް ހަމަޖެއްސުން
  4. އޮފީހުގެ އައި.ޓީ ކަންކަމާ ގުޅިގެން އައި ޓީ އެޑްމިނިސްޓްރޭޓަރ އަށް އިރުޝާދު ދިނުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން:

12 މާރިޗް 2023 ވާ އާދީއްތަ ދުވަހުގެ 1500 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އީމެއިލް: [email protected] އަށް.

ހުށަހަޅަންޖެހޭ ލިޔުން:

  1. ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (https://www.caa.gov.mv/forms) ލިބެން ހުންނާނެ)
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު)

އިންޓަރވިއު ކުރުން:

އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް:

  1. އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތަށް އެންގޭނެއެވެ.
  2. ވަޒީފާއަށް އެދި ހުށަހަޅުއްވާ ހުރިހާ ލިޔުމެއްވެސް ހުންނަންވާނީ PDF ފޯމެޓުގައެވެ.

 

 

01 މާރިޗު 2023