ދިވެހިރާއްޖެ
އިޢުލާން
29 ޖަނަވަރީ 2023 އިން ފެށިގެން މިއިދާރާއިން ދެމުން ގެންދިޔަ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް މެދުކަނޑާލެވިފައި ވުމާއިއެކު އެޚިދުމަތް 01 މާރިޗު 2023 ވަނަ ދުވަހުން ފެށިގެން ލިބެމުންދާނެ ކަމުގައި ދެންނެވީމެވެ. ލައިސަންސް ކާޑު ޑިޖިޓަލް ކުރުމާއި ގުޅިގެން ލައިސަންސްގެ އެންމެހާ ޚިދުމަތްތައް ދެމުންގެންދިއުމަށް ހަމަޖެހިފައިވަނީ އީ-ފާސް އަށް ރަޖިސްޓްރީ ކުރުމަށްފަހު sims.transport.gov.mv ތެރެއިން އޮންލައިންކޮށް ކަމުގައި ދެންނެވީމެވެ.
އަދި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ހޯއްދެވުމަށް ބޭނުންވާ ފަރާތްތަކުން ތިއަރީ އަދި ޑްރައިވިންގ އިމްތިޙާނު ފިޔަވައި އެހެނިހެން ޚިދުމަތްތައް މިއިދާރާގެ ޓްރާންސްޕޯޓް ސެކްޝަނަށް ވަޑައިގެންނެވުމުން ފޯރުކޮށް ދެވޭނެ ކަމުގައި ދެންނެވީމެވެ. ވީމާ، ޚިދުމަތް ހޯއްދެވުމަށް ވަޑައިގަންނާއިރު ޕާސްޕޯޓްގެ މިންގަޑަށްފެތޭ ފޮޓޯ އަކާއި އައިޑީކާޑުގެ އޮރިޖިނަލް ހުށަހެޅުއްވުމަށްވެސް ދެންނެވީމެވެ.
08 ޝަޢުބާން 1444 ހ.
28 ފެބުރުވަރީ 2023 މ.