ޢާންމު މަޢުލޫމާތު
ނަންބަރު: WDC-247/2023/01
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 22:06
ސުންގަޑި: 09 މާރިޗު 2023 14:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އަންހެނުންގެ ދުވަހުގެ އެވޯޑާއި ގުޅޭ"

                 ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ "އަންހެނުންގެ ދުވަހުގެ އެވޯޑާއި ގުޅޭ"

           އަންހެނުންގެ ދުވަހުގެ އެވޯޑް މިނަމުގައި ރަށު ރަށްވެހީންގެ ތެރެއިން ރަށުގެ އަންހެން ކަނބަލުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ޚާއްސަ ދުވަހެއް 

ފާހަގަ ކުރުމަށް މި ކޮމިޓީން ވަނީ ނިންމަވާފައެވެ. މިފަދަ ދުވަހެއް ފާހަގަކޮށް އެވޯޑް ދިނުމުގެ މަޤްޞަދު ތަކަކީ ތަފާތު ދާއިރާ ތަކުން ދިގު މުއްދަތަކަށް  ޝަރަފްވެރި 

ޚިދުމަތްތަކެއް ހޯރަފުށްޓަށް ކޮށްދެއްވާފައިވާ އަންހެން ކަނބަލުންނާއި، ތަފާތު ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް ރަށަށް ކޮށްދެއްވާފައިވާ އަންހެން ކަނބަލުންގެ އަގު 

 ވަޒަން ކުރުމެވެ.  ދުނިޔޭގެ ފެންވަރުގައި، ޤައުމީ ފެންވަރުގައި، އަތޮޅު ފެންވަރުގައާއި، ރަށު ފެންވަރުގައި، ރަށަށް ރީތިނަމާ ޝަރަފް ހޯދާދީފައިވާ އަންހެން ކަނބަލުންގެ 

އަގު ވަޒަންކުރުމާ، ހޯރަފުށީގެ ކުރިއެރުމާ ތަރައްޤީއަށް އެންމެ ލާބަހުރި އެހީތެރިކަން ދެއްވި މަދަދުވެރީންނާ، ޚިދުމަތްތެރީންނާ، ދަރުމަވެރީންގެ އަގުވަޒަން ކުރުމެވެ.

         ވީމާ، އެކިއެކި ދާއިރާތަކުން ޝަރުތުހަމަވާ ފަރާތްތަކަށް (ކަނބަލުންނަށް) އަންހެނުންގެ ދުވަހުގެ އެވޯރޑަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލަމެވެ. 

އެވޯރޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހޯރަފުށީ ކައުންސިލް އިދާރާއިންނާއި ހޯރަފުށީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖާއި ހޯރަފުށީ އަންހެނުންގެ 

ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފޭސްބުކް ޕޭޖުގައިވާ ލިންކު މެދުވެރިކޮށް ފޯމް ލިބެން ހުންނާނެއެވެ. އޮންލައިންކޮށް ފޯމް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން

ހޯރަފުށީ ކައުންސިލްގެ އީ މެއިލް  [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 2023 މާރޗް 9 ވަނަ 

ދުވަހުގެ 14:00 އެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ. 

           08 ޝަޢުބާން 1444

           28 ފެބްރުވަރީ 2023

 

28 ފެބުރުވަރީ 2023