ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)141-A2/1/2014/341
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:53
ސުންގަޑި: 05 ޖަނަވަރީ 2015 14:30
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވޮޗަރ (ވަގުތީ)

މަޤާމުގެ ނަން: ވޮޗަރ (ވަގުތީ)     

މުސާރަ: 3100.00 ރުފިޔާ

ސާރވިސް އެލަވަންސް: 1000.00 ރުފިޔާ

ރޭންކް: އެސް.އެސް 1

ކްލެސިފިކޭޝަން: ސަޕޯޓް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 2

މުއްދަތު: 31 ޑިސެންބަރު 2015 ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން: ޒޯން ސްޓޭޑިއަމް 7 / ގދ. ތިނަދޫ   

ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ހުނަރު / ޤާބިލުކަން ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ސްޓޭޑިއަމާއި، ޔޫތު ސެންޓަރ ހިމެނޭ ސަރަހައްދުތައް ބެލެހެއްޓުން.

- ޑިއުޓީ ޓޭބަލްގައިވާ ގޮތަށް ޑިއުޓީ ކުރުމާއި، ދުވަހުން ދުވަހަށް ސުޕަވައިޒަރަށް މައްސަލަތައް އެންގުން.

- ޑިއުޓީގައި ހުންނައިރު ބަލަހައްޓަމުން ގެންދާ ސަރަޙައްދަކަށް ކަމެއް ދިމާވެއްޖެނަމަ ހަވާލުވެފައިވާ ސުޕަވައިޒަރާ ގުޅިގެން އެކަމެއް ހައްލުކުރުމަށް މަސައްކަތް ކުރުން

- ތަނުގެ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުން

- ތަނުގެ ލައިޓްތައް ކަނޑައެޅިފައިވާ ގަޑިއަށް ދިއްލައި ނިއްވުން

ނޯޓް:

- ވޮޗަރުގެ މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަޤާމާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- ކޮންޓްރެކްޓުގެ މުއްދަތުގައި މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރެވޭނެއެވެ.

- މި މަޤާމުގެ އިންޓަރވިއު 01 މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެވެ.

- ވަޒީފާގެ އިންޓަރވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓް ކޮށްފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 05 ޖަނަވަރީ 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް އަދި ގދ. އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން އަދި ގދ. އަތޮޅު ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

    ވެބްސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް

30  ޞަފަރު  1436

22 ޑިސެންބަރު 2014