ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)337/337/2023/32
ޕަބްލިޝްކުރި ތާރީޚް: 28 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. މާފުށީގެ ލޭންޑް ޔޫސް ޕްލޭން އާންމު ކުރުން

 (IUL)337/337/2023/32 ނަންބަރ

އިޢުލާން

 

ކ. މާފުށީގެ ލޭންޑް ޔޫސް ޕްލޭން އާންމު ކުރުން

 

"ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ބެލުމަށްފަހު އަދި ގާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 9 ވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ ބައިތައް ހިމެނޭގޮތަށް، ކ. މާފުށީގެ ބިން ބޭނުންކުރާނެގޮތުގެ ޕްލޭން ނުވަތަ ލޭންޑް ޔޫސް ޕްލޭން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ ފާސްކޮށްދެއްވާފައެވެ.

ވީމާ، ގާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު) އާއި ގާނޫނު ނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، ޤާނޫނު ނަންބަރު 93/4 )ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އާއި މި ގާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި، އަދި ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ފާސްކުރެވިފައިވާ ލޭންޑް ޔޫސް ޕްލޭންގެ ކުރެހުން އާންމު ކުރެވިފައިވާނެ ވާހަކަ އެންމެހާ ރައްޔިތުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.   

28 ފެބްރުވަރީ 2023

28 ފެބުރުވަރީ 2023