ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 13-K/13/2014/356
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 25 ޖަނަވަރީ 2015 14:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އައި.ޓީ. އިކުއިޕްމަންޓް ހޯދުމަށް

ޕްރޮޖެކްޓް ނަންބަރު: TEB/2014/150

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

1- ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓަށް ވާރލްޑް ބޭންކުން ލިބުނު އެހީން ބައެއް، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއަށް ބޭނުންވާ އައި.ޓީ. އިކުއިޕްމަންޓް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

2- ވީމާ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެދިލެއްވުމުގެ މަތިން،  ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން އަށް ބޭނުންވާ އައި.ޓީ. އިކުއިޕްމަންޓް ހޯދުމަށް ޝަރުޠު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވައިލަމެވެ. އަދި ބިޑް ކުރެވެނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

    ލޮޓް 1- ސިސްކޯ އައި.ޕީ.އެސް

    ލޮޓް 2- ބްލޭޑް ސިސްޓަމް ޗޭސިސް އެންޑް ބްލޭޑް ސަރވަރ

    ލޮޓް 3- ސިމެންޓެކް ބެކްއަޕް އެސެކް 2012

    ލޮޓް 4- ސިސްކޯ 10-ޖީ ނެޓްވާރކް ސްވިޗް

    ލޮޓް 5- ސިސްކޯ އޭ.އެސް.އޭ 5525-އެކްސް ފަޔަރވޯލް

    ލޮޓް 6- އެސް.އޭ.އެން ސްޓޯރޭޖް

    ލޮޓް 7- ކިއު.އެން.އޭ.ޕީ ޓަރބޯ އެން.އޭ.އެސް، 16- ބޭ އެސް.އޭ.އެސް/ސަ.ޓާ- އެނޭބަލްޑް ޔުނިފައިޑް ސްޓޯރޭޖް

    ލޮޓް 8-  މަލްޓިމީޑިޔާ ޕްރޮޖެކްޓަރ

3- މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ވާރލްޑް ބޭންކުގެ ”ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ)“ ވާރލްޑްބޭންކު ގައިޑްލައިންސް ގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.

4- ބީލަންފޮތްތަކަށް ފައިސާ ބަލައިގަންނާނީ 30 ޑިސެންބަރު 2014 އިން 25 ޖަނަވަރީ 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 14:00 އަށް މި މިނިސްޓްރީންނެވެ. ބީލަމުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފީއަކީ -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި ލިބިވަޑައިގަންނަވާނެއެވެ.

5- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

     ޓެންޑަރ އިވެލުއޭޝަން ސެކްޝަން

     މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

     އަމީނީމަގު،

     މާލެ، ދިވެހިރާއްޖެ،

     ޓެލެފޯން: 9603349106+

     ފެކްސް: 9603320706+

     އީމެއިލް:[email protected]

6- ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި -/10,000 (ދިހަ ހާސް) ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ.

7- މި ޕްރޮޖެކްޓުގެ ޕްރީ-ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 12 ޖަނަވަރީ 2015ވާ ހޯމަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.

8- ބިޑް ހުޅުވުން އޮންނާނީ 26 ޖަނަވަރީ 2015ވާ ހޯމަ ދުވަހުގެ 10:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9- މި އިޢުލާން މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
25 ޑިސެންބަރު 2014