ދިވެހިރާއްޖެ
(IUL)337/337/2023/28 ނަންބަރ
އިޢުލާން
ކ. މާފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީ އެކުލަވާލުމާބެހޭ
މިއިދާރާގެ ނަންބަރު: (IUL)337/337/2023/27 (26 ފެބްރުވަރީ 2023)ގައި ޢާންމުކޮށްފައިވާ "ކ. މާފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދުކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުމުގެ އުސޫލު" ގެ 5 އަދި 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވިލަރެސްކުރާ ކޮމިޓީއަށް އައްޔަންކުރާ 11 މެމްބަރުންގެ ތެރެއިން ރައްޔިތުން ތަމްޞީލްކުރާ 02 މެންބަރުން އައްޔަން ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވިލަރެސްކުރާ ކޮމިޓީއަށް ރައްޔިތުންގެ ތެރެއިން އައްޔަންކުރާ 02 މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް:
- އުމުރުން 18 އަހަރުވެފައިވާ ކ. މާފުށީގެ ރައްޔިތެއް ކަމުގައިވުން،
- މި އުސޫލުގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މުއައްސަސާތަކުގެ ވަޒީފާއެއްގައި އުޅޭ ފަރާތަކަށްނުވުން،
- ކޮމިޓީ މެންބަރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ޤާބިލްކަން ހުރި ފަރާތެއް ކަމުގައިވުން،
- ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށް ޝައުގުވެރިކަމާއިއެކު ގިނަ ވަގުތު ދެވޭނެ ފަރާތަކަށްވުން.
މި އިޢުލާނާއެކު "ކ. މާފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދުކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީގެ މެންބަރަކަށްވުމަށް އެދޭ ފޯމު"އާއްމުކުރީމެވެ.
ވީމާ، ވިލަރެސްކުރާ ކޮމިޓީގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ފުރުއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 08 މާރިޗު 2023 ވާ ބުދަ ދުވަހުގެ 14:00 އެވެ. ފޯމް ހުށަހަޅާނީ ރަސްމީ ގަޑީގައި މިއިދާރާގެ ރިސެޕްޝަންއަށް ނުވަތަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
މީގެ އިތުރުން ރަސްމީ ގަޑިތަކުގައި ކައުންސިލްގެ ރިސެޕްޝަނުންވެސް ފޯމް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 6640073 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
27 ފެބްރުވަރީ 2023