ދިވެހިރާއްޖެ
މި ކޯޕަރޭޝަންގެނަންބަރު (IUL)RDC-HRM-RDC-2023-52އިޢުލާނުގެ ތިރީގައިމިވާ މަޤާމުށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ.
މަޤާމް: |
ސީނިއަރ ޓެންޑަރިންގ އޮފިސަރ |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް |
ކްލެސިފިކޭޝަން / ރޭންކް: |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
މުސާރަ: |
މަހަކު -/7000 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30 - އެހެނިހެން އެލަވަންސް: -/2800 - އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ. |
ފެންވަރު ނުވަތަ ޝަރުތު: |
- މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 05 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއިއެކު ޕްރޮކިއުމަންޓް / ޓެންޑަރިންގ ދާއިރާއިން މަދުވެގެން 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ، - ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއި އެކު ޕްރޮކިއުމަންޓް / ޓެންޑަރިން ދާއިރާއިން 4-2 އަހަރުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ބީލަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ބެލެހެއްޓުން. - ބީލަމުގެ ލިޔެކިޔުންތައް ތައްޔާރުކުރުން. - އެހެން ޑިޕާޓްމަންޓްތަކުން ޕީ.އާރުއާ ގުޅިގެން ކުރާ ރިކުއެސްޓަތައް ބަލައިގަނެ އެކަމާއި ގުޅިގެން ބޭނުންވާ ހުރިހާ މައުލޫމާތެއް ފޯރުކޮށްދީފައިވާކަން ކަށަވަރުކުރުން. - ސްޓޭންޑަރޑައިޒްޑް ބީލަން ޓެމްޕްލޭޓްތަކާއި ލިޔެކިޔުންތައް ތައްޔާރުކުރުން. - ސްޓޭންޑަރޑައިޒްޑް ޓެންޑަރ ޑޮކިއުމަންޓް ޓެމްޕްލޭޓާ އެއްގޮތަށް ޚާއްޞަ އަދި ޓެކްނިކަލް ޕަރޗޭސް އަށް ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުން. - ޓެންޑަރ ސްޓޭޓަސް ރިޕޯޓް ތައްޔާރުކުރަންޖެހޭ ގޮތަށް ތައްޔާރުކުރުކޮށް ބެލެހެއްޓުން. - ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް ބީލަންތައް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުން - ބިޑް އަދި ބީލަން ސްޓްރެޓެޖީތައް އެކުލަވާލުން. - ޓެންޑަރ ޑޮކިއުމަންޓް ޕެކޭޖް ތައްޔާރުކޮށް، ބޭނުންވާ އެޕްރޫވަލްތައް ހޯދުމުގައި ކޯޑިނޭޓްކުރުން. - ޝަރުތު ހަމަވާ ވެންޑަރުންގެ ލިސްޓެއް ބެލެހެއްޓުމާއި، ބީލަމުގެ ސުންގަޑިތައް މޮނިޓަރ ކުރުމުގެ މަސައްކަތް ކުރުން. - ބީލަމާއި ގުޅޭ މެނޭޖްމަންޓުން ފާސްކޮށްފައިވާ ތަކެތީގެ ރެކޯޑް ބެލެހެއްޓުމާއި، ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ބެލެހެއްޓުން - ބިޑް ހުޅުވުމާއި އެވޯޑްކުރުމާ ގުޅޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން - ސަޕްލަޔަރގެ ބިލްތަކާއި ބިޑްތަކާއި ޕާޗޭސް އޯޑަރުތައް އަޅާކިޔައިގެން އޭގެ ޞައްޙަކަން ޔަޤީންކުރުން. - ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ ސެކްރެޓޭރިއަޓް މަސައްކަތް ކުރުން. - އަހަރު ދުވަހުގެ ޕްރޮކިއުމަންޓް ބަޖެޓް އެކުލަވާލުމުގައި އެހީތެރިވުން.
|
ސުންގަޑި: |
- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 06 މާރިޗް 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ. - ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް www.rdc.com.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ މާރޗް މަހުގެ ތާރީޚެއްގައެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
07 ޝަޢުބާން 1444