ބީލަން
ނަންބަރު: (IUL)393/393/2023/17
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 09 މާރިޗު 2023 13:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ކިނބިދޫން 10000 އަކަފޫޓްގެ 7 ބިން ކުއްޔަށް ދޫކުރުން

ބީލަން ހުށަހެޅުމުގެ ދަޢްވަތު

ކޮޅުމަޑުލު ކިނބިދޫން 10000 އަކަފޫޓްގެ 7 ބިން ކުއްޔަށް ދޫކުރުން

            ކޮޅުމަޑުލު ކިނބިދޫގެ ހުޅަނގު ފަރާތުން ބީޗް ފްރޮންޓްކޮށް 10000 (ދިހަހާސް) އަކަފޫޓްގެ 7 ބިން ގެސްޓް ހައުސްގެ ވިޔަފާރި ހިންގުމަށް ކުއްޔަށް ދޫކުރުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 7 ބިން ދޫކުރުމަށް ހަމަޖެހިފައިވީ ނަމަވެސް ބީލަން ހުށަހަޅުއްވާނީ ކޮންމެ ބިމަކަށް ވަކި ބީލަމެކެވެ. ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ބީލަން ފޯމް ދޫކުރުން

1. ބީލަން ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 28 ފެބުރުވަރީ 2023 ން ފެށިގެން 09 މާރޗް 2023 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ނިޔަލަށެވެ.  

2. ބީލަން ފޯމެއްގެ އަގަކީ -/150 (އެއްސަތޭކަ ފަންސާސް) ރުފިޔާ އެވެ.

3. ބީލަން ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ މި އިދާރާގެ ކައުންޓަރުންނާއި މި އިދާރާގެ އީމެއިލް މެދުވެރި ކޮށެވެ.  4. އީމެއިލް މެދުވެރިކޮށް ބިޑްފޯމް ނަންގަވާ ފަރާތްތަކުން މި އިދާރާގެ އެކައުންޓް ނަމްބަރ:

7725700293001( 1443 ރެވެނިއު 1) އަށް ފައިސާ ޖަމާކޮށް ފައިސާ ދެއްކި ސްލިޕްކޮޅު މި އިދާރާގެ އީމެއިލް [email protected]  އަށް މެއިލް ކުރެއްވުމުން އެފަރާތުގެ އީމެއިލްއަށް ބިޑްފޯމް ފޮނުވައިދެވޭނެއެވެ.

މަޢްލޫމާތު ސާފުކޮށް ދިނުން

އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ 9798639އަށް ގުޅުއްވައިގެންނާއި، ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ އީ މެއިލް [email protected] މެދުވެރިކޮށެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީޚް: 15 މާރިޗް 2023  އަންގާރަ ދުވަހުގެ 11:00

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅުއްވާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އަކާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

27 ފެބުރުވަރީ 2023