ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)225-AHRI/225/2023/5
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 05 މާރިޗު 2023 12:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޓަޑީ ކޭމްޕް ބާއްވާ ސްކޫލްތަކަށް އަތޮޅުކައުންސިލުން މާލީ އެހީތެރިކަންދިނުމާބެހޭ

އިޢުލާން

 ސްޓަޑީ ކޭމްޕް ބާއްވާ ސްކޫލްތަކަށް އަތޮޅުކައުންސިލުން މާލީ އެހީތެރިކަންދިނުމާބެހޭ

      ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަންނީ ޤާބިލް މީހުންގެ އެހީތެރިކަން ދަރިވަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ސްކޫލްތަކުން ހިންގާ ސްޓަޑީކޭމްޕަށް ހއ. އަތޮޅު ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތިން މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށްވަނީ ހަމަޖެހިފައެވެ.

    ވީމާ، ސްޓަޑީ ކޭމްޕް ބޭއްވުމަށް މާލީ އެހީތެރިކަން ބޭނުންވާ މިއަތޮޅުގެ ސްކޫލްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމެނޭގޮތަށް 5 މާރިޗް 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެކުރިން މި ކައުންސިލްގެ އީ-މެއިލް [email protected] އަށް ސިޓީ ފޮނުއްވުން އެދެމެވެ.

ސިޓީގައި ހިމަނަންޖެހޭ މުހިއްމު މަޢުލޫމާތު

  1. ސްކޫލްގެ ނަމާއި ސްކޫލް ނިސްބަތްވާ ރަށުގެ ނަން
  2. ސްޓަޑީކޭމްޕް ހިންގުމަށް އަމާޒުކުރާ ގްރޭޑްތަކާއި ދަރިވަރުންގެ ޢަދަދު
  3. ސްޓަޑީކޭމްޕް ހިންގުމަށް އަމާޒުކުރާ ދާއިރާތައް
  4. ސްޓަޑީކޭމްޕް ހިންގުމަށް ކަނޑައަޅާ ތާރީޚް

    މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން  ކުރީމެވެ.

27 ފެބުރުވަރީ 2023