މަސައްކަތް
ނަންބަރު: (IUL)385/385/2023/2
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 02 މާރިޗު 2023 14:00
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލެބޯރަޓަރީ ގައި މުށި ޖަހައިދޭނޭފަރާތެއް ހޯދުން - ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު

ތ.ދިޔަމިގިލީ ސިއްޙީމަރުކަޒާއި އިންވެގެން މި ކައުންސިލުން ޢިމާރާތް ކުރަންފަށާފައިވާ ލެބޯރަޓަރީގެ ބިތާއި ތަޅުމުގައި ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް (މަސައްކަތް ކުރަން ބޭނުންވާ ސިމެންތި އަދި މުށި ފޯރުކޮށްދިނުމުން) މުށި ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

#

ތަފްސީލް

ޢަދަދު

1

ބޯޑަރުގައި މުށިޖެހުން (2 ފޫޓް 1 ފޫޓް)

50 ގަނޑު މުށި

2

ތަޅުމުގައި މުށިޖެހުން (2 ފޫޓް 2 ފޫޓް)

173 ގަނޑު މުށި

3

ފާހާނާ ތަޅުމުގައި މުށިޖެހުން (2 ފޫޓް 2 ފޫޓް)

9 ގަނޑު މުށި

4

ފާހނާ ބިތުގައި މުށިޖެހުން (2ފޫޓް 1 ފޫޓް)

120 ގަނޑު މުށި

 

ވީމާ،މިމަސައްކަތް ކޮށްދޭން ޝަޢުޤުވެރިވާ ފަރާތްތަކުން ،މަސައްކަތް ކޮށްދެވޭނެ އަގު(މުށި ގަނޑެއް ޖަހައިދޭ އަގު) އަދި މަސައްކަތް ނިންމާލެވޭނެކަމަށް ލަފާކުރެވޭ މުއްދަތު އެނގޭނެހެން 02 މާރިޗް 2023 ވާ ބުރާސްފަތި ދުވަހުގެ 2:00 ގެ ކުރިން މި އިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ކޯޓޭޝަން ހުށަހަޅުއްވާއިރު ވެލިޑިޓީގެ ގޮތުގައި 30 ދުވަސް ދެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު ބޭނުންފުޅުވާ ނަމަ 7795702 ނަމްބަރަށް ގުޅުއްވުން އެދެމެވެ.

ވީމާ،މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

07 ޝަޢުބާން 1444

27 ފެބުރުވަރީ 2023