މަސައްކަތް
ނަންބަރު: (IUL)410-A/410/2023/17
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 09 މާރިޗު 2023 14:00
ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ކޮންޓްރެކްޓް އުޞޫލުން މީލާދީ 1 އަހަރު ދުވަހުގެ މުއްދަތަށް ކައުންސިލުން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ޤާނޫނީ ޚިދުމަތް މިކައުންސިލަށް ފޯރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ކައުންސިލަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް:

  1. ކައުންސިލުން ކޯޓުތަކާއި، ޓްރަބިނުނަލްތަކަށް ހުށަހަޅާ މައްސަލަތަކުގައި ކައުންސިލް ތަމްޘީލު ކުރުމަށް ޝަރީއަތުގެ މަޖިލިސްތަކަށް ހާޟިރުވުމާއި، ޝަރީއަތާއި ގުޅޭގޮތުން ހުށަހަޅަންޖެހޭ ލިޔުންތައް ލިޔެ ތައްޔާރުކޮށް ހުށަހެޅުން.
  2. ކައުންސިލްގެ މައްޗަށް ދަޢުވާކޮށް ކޯޓުތަކާއި ޓްރަބިނުނަލްތަކަށް ހުށަހަޅާ މައްސަލަތަކުގައި ކައުންސިލް ތަމްޘީލު ކުރުމަށް ޝަރީއަތުގެ މަޖިލިސްތަކަށް ހާޟިރުވުމާއި، ޝަރީއަތާއި ގުޅޭގޮތުން ހުށަހަޅަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ހުށަހެޅުން.
  3. ކައުންސިލުން އެކުލަވާލަންޖެހޭ އެއްބަސްވުންތައް އެކުލަވާލުމާއި، ކައުންސިލާއި، އެހެނިހެން ފަރާތްތަކާއި އެކު ވެވޭ އެއްބަސްވުންތަކަށް ޤާނޫނީ ލަފާ ދިނުން. ކައުންސިލުން ކުރާ ދަޢުވާ އާއި ލިބޭ ދަޢުވާ ދިރާސާކުރުމާއި އެކަންކަމާއި ގުޅިގެން އެއްކުރަންޖެހޭ މަޢުލޫމާތު އެއްކޮށް ޤާނޫނީ ގޮތުން ތައްޔާރުކުރަންޖެހޭ ލިއުންތައް ތައްޔާރުކޮށް އެމަސައްކަތް ކުރުން.
  4. ކައުންސިލަށް އެކިއެކި ޤާނޫނީ ކަންކަމާއި ގުޅޭގޮތުން ލަފާ ދިނުން.
  5. ކޯޓުތަކާއި ޓްރަބިނުނަލްތަކުގައި ކައުންސިލުގެ ފަރާތުން ވަކާލާތު ކުރުން

ވީމާ، ބީލަން ހުށަހަޅާނީ:- މިޚިދުމަތް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިގަންނަން 09 މާރޗް 2023ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މި ކައުންސިލްގައި ބާއްވާ ބައްދަލުވުމުގައި ފުރުޞަތު ހުޅުވާލުމުން ކައުންސިލްގެ އީމެއިލް [email protected] އަށް ޕްރޮޕޯސަލާއި، މަޢުލޫމާތު ޝީޓްގައި ބަޔާން ކޮށްފައިވާ ތަކެތި ހުށަހަޅައިގެންނެވެ.

 

މި ބީލަމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ވުމަށްޓަކައި 08 މާރޗް 2023 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މިކައުންސިލްގެ ނަންބަރު 6820026 އަށް ގުޅުއްވައި ނުވަތަ މިކައުންސިލްގެ ހޮޓްލައިން 7330026 ނަންބަރުން ވައިބަރ މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ. ބީލަމާއިގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ އެފަރާތަކުން ގުޅުއްވާނީ މިކައުންސިލްގެ ހޮޓްލައިން 7330026 ނަންބަރަށެވެ.

 

މި ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 09 މާރޗް 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މި އިދާރާއަށް ހާޟިރުވެ، ނުވަތަ މި އިދާރާއިން ކަނޑައަޅައި އަންގާ ގޮތެއްގެ މަތިން އޮންލައިންކޮށް ބީލަން ހުށަހެޅުމަށް ދެންނެވީމެވެ. މިގަޑީގައި ހުށަހެޅޭ ބީލަން ކަނޑައި މަޢުލޫމާތު އެންޓާކޮށް އަގު ޝީޓުގައި ސޮއިކުރުން އޮންނާނެއެވެ.  ގަޑި ޖެހުމަށްފަހު ހުށައެޅޭ ބީލަން އަދި  ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުގެ ބީލަން ބަލައި ނުގަނެވޭނެއެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށައަޅަންވާނެއެވެ.

 

މި ޚިދުމަތް ދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް ދެވޭ މަޢުލޫމާތުގެ ޝީޓް މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

26 ފެބުރުވަރީ 2023