ބީލަން
ނަންބަރު: MWSC-L/3/ADV/2023/21
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި: 04 މާރިޗު 2023 00:00
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީގެ ވިލިމާލެ އޮފީސް އިމާރާތްތަކާއި އެތަންތަން ހިމެނޭ ސަރަހައްދު ކުނިކަހާ ފޮޅާސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، އެމް.ޑަބްލިޔު.އެސް.ސީގެ ވިލިމާލެ އޮފީސް އިމާރާތްތަކާއި އެތަންތަން ހިމެނޭ ސަރަހައްދު ކުނިކަހާ ފޮޅާސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެމް.ޑަބްލިޔު.އެސް.ސީ ގެ ވެބްސައިޓް https://www.mwsc.com.mv/Tenders/page/1 މެދުވެރިކޮށް މި ބީލަމުގެ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ފައިސާ ދެއްކެވޭނެއެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 200.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 27 ފެބްރުއަރީ 2023 އިން 04 މާރިޗް 2023 އަށެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 05 މާރިޗް 2023 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ.

 

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 06 މާރިޗް 2023 ވާ ދުވަހު 11:30 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 09 މާރިޗް 2023 ވާ ދުވަހު 11:30 ގައެވެ.

 

 

ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް

27 ފެބުރުވަރީ 2023