ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)225-AHRI/225/2014/46
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:48
ސުންގަޑި: 30 ޑިސެންބަރު 2014 15:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

މި އިދާރާގެ މި މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް

އެމް.އެސް. 3

ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރ

249724

އޮފީސް/ އިދާރާ

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން/ ޔުނިޓް

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ

7035.00 ރުފިޔާ

ސަރވިސް އެލަވަންސް

2000.00 ރުފިޔާ

ބޭނުންވާ އަދަދު

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:  

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

1- އިދާރީ ދާއިރާގައި ހިމެނޭ ރަށްރަށުގެ ތެރެއިން އެއްރަށަށްވުރެ ގިނަ ރަށްރަށަށް ދޭންޖެހޭ ޚިދުމަތްތަކާއި، އެކިއެކި ޤާނޫނުގެދަށުން އަތޮޅު ކައުންސިލާ ހަވާލުކޮށްފައިވާ މަސައްކަތްތައް ކުރުން.

2- ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކުން އަތޮޅު ކައުންސިލް މެދުވެރިކޮށް ދޭން ކަނޑައަޅާފައިވާ ޚިދުމަތްތައް ދިނުން.

3- އިދާރީ ދާއިރާގެ ރަށްރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވައިލައި، އެ ދަފްތަރު ބެލެހެއްޓުން.

4- ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައިލައި، އެ ދަފުތަރު ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ ބިމާބެހޭ މަޢުލޫމާތު ފޯރުކޮށްދިނުން.

5- އަހަރު ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

6- ދިމާވާ އެކިއެކި ކާރިސާތަކުގެ މަޢުލޫމާތު އެއްކުރުމާއި، އެކަމާގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.

7- ސަރުކާރުގެ އިދާރާތަކަށް ރައްދުކުރުމަށް ލިބޭތަކެތި އެ އިދާރާތަކަށް ރައްދުކޮށްދިނުން.

8- ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ކަންތައްތައް ބެލެހެއްޓުން.

9- އަތޮޅަށް ޒިޔާރަތްކުރާ ޓީމުތަކާބެހޭ ކަންތައްތައް ބެލެހެއްޓުމާއެކު، އެ ޓީމުތަކުގެ މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް ދިނުން.

10- މުވައްޒަފުންނަށް ދޭންޖެހޭ ޓްރެއިނިންގއާ ގުޅޭ އެންމެހައި މަސައްކަތް އިންތިޒާމްކުރުން.         

11- މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ތައްޔާރުކޮށް، މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

12- އަތޮޅު ކައުންސިލް އިދާރާގެ ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.

13 - ކައުންސިލް އިދާރާއިން ތައްޔާރުކުރާ ރިޕޯޓް، 6 މަހުން 6 މަހުން ތައްޔާރުކޮށް، ހުށަހަޅަންޖެހޭ ފަރާތްތަކަށް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ސިވިލް ސަރވިސް ކޮމިޝަނުން 1 އޭޕްރީލް 2013 ގައި ޢަމަލުކުރައްވަން ފައްޓަވާފައިވާ" ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކުގެ ކްރައިޓީރިއާގައިވާ ގޮތުގެ މަތިން.

އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް،  ލިޔުމުން ފަހުން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު،  2014 ޑިސެންބަރު 30 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ސިވިލް ސަރވިސް ޤަވާޢިދުގައިވާ ގޮތުގެ މަތިން މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާއާއި ބަންދުވަހުގެ ފައިސާ ލިބޭނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމް، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ (ސެޓްފިކެޓްތަކުގެ އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ލިޔުމުގެ އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް) (އައިޑީ ކާޑުގެ އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ ނަންބަރު: 6500002 ،6500068 ފޯނާއެވެ. ފެކްސް ނަންބަރަކީ 6500063 އެވެ. އީމެއިލް ކުރާނީ  [email protected]    އެޑްރެހަށެވެ.

29 ޞަފަރު 1436

21 ޑިސެންބަރު 2014