ބީލަން
ނަންބަރު: (IUL)325-MS/325/2023/14
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 05 މާރިޗު 2023 13:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެމިސްކިތަށް ބޭނުންވާ ނެވިލޯން ވިއްކާނެ ފަރާތެއް ހޯދުން

 

 

މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާ

ބ.ގޮއިދޫ / ދިވެހިރާއްޖެ.

                                                       ނަމްބަރު: (IUL)325-MS/325/2023/14

އިޢުލާން

ދެމިސްކިތަށް ބޭނުންވާ ނެވިލޯން ވިއްކާނެ ފަރާތެއް ހޯދުން

           މިރަށު މަސްޖިދުލް ހިދާޔާ އަދި މަސްޖިދުލް އަމާނާގެ އެތެރޭގައި އަޅަން ބޭނުންވާ ނެވިލޯން ގަންނަން ބޭނުންވެއެވެ.  

            ވީމާ، އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މި ކައުންސިލަށް ނެވިލޯން ސަޕްލައި ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 01 މާރިޗު 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މަޢުލޫމާތު ކަރުދާހުގައިވާ ލިންކުން ރަޖިސްޓްރީ ފޯރމް ފުރިހަމަ ކުރުމަށްފަހު  05 މާރިޗު 2023 ވާ އާދިއްތަ ދުވަހު 13.00 ގެ ކުރިން މިކައުންސިލަށް އެސްޓިމޭޓް ހުށަހެޅުން އެދެމެވެ. އެސްޓިމޭޓް ކެނޑުން އޮންނާނީ އެސްޓިމޭޓް ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގައި އެސްޓިމޭޓް ހުށަހެޅި ފާރާތްތަކުގެ ހާޞިރުގައެވެ. އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކަށް މި ބައްދަލުވުމަށް ހާޞިރު ނުވެވޭނަމަ ބަދަލުގައި ބައިވެރިވާނެ ފާރާތުގެ މަޢުލޫމާތު ( ނަމާއި ، އައިޑީ ކާޑު ނަމްބަރ) އެނގޭނެ ސިޓީއެއް ހުށަހަޅަން ވާނެއެވެ.  އެސްޓިމޭޓް ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" ބ ގޮއިދޫ ދެމިސްކިތުގެ ނެވިލޯން ވިއްކުމަށް އެދި  " މިހެން ލިޔެފައި އޮންނަން ވާނެއެވެ.  އަދި ރަޖިސްޓްރީ ފޯރމް ފުރިހަމަ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. މީގެ އިތުރުން އެ ވިޔާފާރިއެއް ޖީއެސްޓިއަށް ރަޖިސްޓްރީ ކުރެވިފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު  ސަމާލުކަން ދެއްވަންވީ  މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.

 

-ރަޖިސްޓްރީ ވުމަށް އެދޭ ލިންކް : https://forms.gle/P319fsbhUueFEQJV7

 

 

 

 

 

  1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް

މާރކްސް ދެވޭ ކްރައިޓީރިޔާ

މާކްސްދެވޭ މިންގަނޑު

ތަފްޞިލް

ފޯރމިއުލަރ

އަގު

80%

v     އަގަށް ދެވޭ މާރކްސް

v      މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ.

Benchmark price/Submitted price x Allocated percentage

މުއްދަތު

20%

v     މުއްދަތަށް ދެވޭ މާރކްސް

v     މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާމުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.

Benchmark price/Submitted

 

 

2  ސަމާލުކަންދޭންވީ ކަންތައްތައް

1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.

v    މައުލޫމާތު ސާފްނުކުރައްވާ ފަރާތްތައް

v    މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އެސްޓިމޭޓް ތައް

v    އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް

 

  2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

 

3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި

   1 އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީ

   2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް

 

 

 

 

4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :          6600005

          އީ . މެއިލް :          [email protected]

        މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.                                     

         26 ފެބްރުވަރީ 2023

 

26 ފެބުރުވަރީ 2023