ދިވެހިރާއްޖެ
(IUL)337/337/2023/27 ނަންބަރ
އިޢުލާން
ކ. މާފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމިޓީ އެކުލަވާލުމުގެ އުސޫލު
ޤާނޫނު ނަންބަރު 2002/1 ދިވެހި ރާއްޖޭގެ ބިމާބެހޭ ޤާނޫނު، އާއި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދު އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގަވާއިދުގެ ދަށުން، މާލެއަތޮޅު މާފުށީ ކައުންސިލުން 08 ޖެނުއަރީ 2023 ގައި ފާސްކޮށްފައިވާމާފުށީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭންގައި ބަޔާންކޮށްފައިވާ ގޮތަށް ކައުންސިލްގެ އިޚްތިޞާސްގައި ހިމެނޭ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި 2000 (ދެހާސް) އަކަފޫޓްގެ 308 (ތިންސަތޭކަ އަށެއް) ގޯތި ދޫކުރުމަށް އަމަލުކުރާނެ ގޮތެއް ކަނޑައަޅާ، 26 ފެބްރުވަރީ 2023 ވަނަ ދުވަހުގެ ބޭއްވުނު އާންމު ޖަލްސާއިން ފާސްކޮށްފައިވާ "ކ. މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއިބެހޭ އުސޫލު" ގެ ދަށުން، ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބަލެހެއްޓުމަށް ވަގުތީ ކޮމެޓީއެއް އެކުލަވާލަންޖެހެއެވެ.
އެގޮތުން، މާލެއަތޮޅު މާފުށީ ކައުންސިލްގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ބިމުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދުކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމުގައި ދެފުށް ފެންނަ، އިންސާފުވެރި ގޮތެއްގައި، ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމާއެކު، އިތުބާރުހިފޭ، ނަޒާހަތްތެރި ކޮމެޓީއެއް އެކުލަވާލުމާއިއެކު ގޯތިދިނުމުގެ މަސައްކަތްތައް ވިލަރެސް ކުރުމަށްޓަކައި "ކ.މާފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދުކުރުމުގެ މަސައްކަތް ވިލަރެސްކުރާ ކޮމެޓީ އެކުލަވާލުމުގެ އުސޫލު" އާންމުކޮށް އިޢުލާންކުރީމެވެ.
26 ފެބްރުވަރީ 2023