ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-ESM/309/2023/45
ޕަބްލިޝްކުރި ތާރީޚް: 26 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:12
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޭޅިއާއި، އެކިއެކި ހުސްބިންތަކަށް ކުނިއެޅުމާއި، ގޭގޭގެ ގޯތިތެރޭގައި ކުނިއެންދުމާއި، ގޮނޑުދޮށުން ދޮންވެލި ނަގުމާއި ގުޅޭ

އިޢުލާން 

 

            މިހާރަކަށް އައިސް ރަށުގެ ވަށައިގެންވާ ހޭޅިއާއި، އެކިއެކި ހުސްބިންތަކަށް ކުނިއެޅުމާއި، ގޭގޭގެ ގޯތިތެރޭގައި ކުނިއެންދުމާއި، ގޮނޑުދޮށުން ދޮންވެލި ނަގާކަމާއި އަދި ރަށުގެ އެކި ޞަރަހައްދުތަކުން ކަޅުވެލިނެގުމުގެ ޝަކުވާ މިއިދާރާއަށް ލިބެމުންދެއެވެ. އެހެންކަމުން، މިކަމަށް ހުރިހާ ބޭފުޅުންވެސް ސަމާލުވެ، ކުނި އެޅުމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދު ފިޔަވައި އެހެނިހެން ތަންތަނަށް ކުނި އެޅުމާއި، ގޭގޭގައި ކުނިއެންދުމާއި، ގޮނޑުދޮށުން ދޮންވެލިނެގުމާއި އަދި ރަށުގެ އެކިޞަރަހައްދުތަކުން ކަޅުވެލި ނެގުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަނާކަމެއްކަމުގައި ހަނދާންކޮށްދެމެވެ. މިފަދަ ކަންކަމަކީ ޞިއްޙަތަށް ނުރައްކާތެރި އަދި ތިމާވެއްޓާއި ބީރައްޓެހި ކަންކަމަށްވާތީވެ، މިފަދަ ނުކިއްސަރު އެންމެހާ ކަންކަމުން ރައްޔިތުން ދުރުވެ، ސާފް ރައްކާތެރި މުޖުތަމައުއެއް ބިނާކުރުމުގައި ތިޔަ ލޮބްވެތި ރައްޔިތުންގެ ފަރުދީޒިންމާ އަދާކުރެއްވުން އެދެމެވެ. މި ފުރުޞަތުގައި މިފަދަ ޤާނޫނާ ހިލާފް ޢަމަލުކުރާފަރާތްތަކަށް ޤާނޫނު ލާޒިމްކުރާ ފިޔަވަޅުއެޅޭނެ ވާހަކަ ދަންނަވަމެވެ.

            މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. 

26 ފެބުރުވަރީ 2023