ދިވެހިރާއްޖެ
އިޢުލާން
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް 2022 ގެ އަހަރީ އާއްމު ޖަލްސާ އަދި އިލެކްޝަން 2023
ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް 2022 ގެ އަހަރީ އާއްމު ޖަލްސާ އަދި އެސޯސިއޭޝަން ގެ އައު ހިންގާ ކޮމިޓީ ހޮވުމަށް ވޯޓްލުން، 19 މާޗް 2023 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިރީގައި މި ދެންނެވިފައިވާ މަޤާމު ތަކަށް ކުރިމަތިލުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.
ރައީސް
ނައިބު ރައީސް
އެގްޒެކްޓިވް މެމްބަރުން - 03
ވީމާ މި މަޤާމްތަކަށް ކުރުމަތިލުމަށް ޝައުގުވެރިވާ ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ މެމްބަރުން 10 މާޗް 2023 ވާ ހުކުރު ދުވަހުގެ 1400 ގެ ކުރިން މި އިދާރާއަށް ސިޓީ އާއެކު ވަނަވަރު އީމެއިލް މެދުވެރިކޮށް ހުށައެޅުން އެދެމެވެ.
އީމެއިލް: [email protected]
ޖަލްސާ އަދި ވޯޓްލުން ކުރިޔައްދާނީ: ސޯޝަލް ސެންޓަރު ސެމިނާރ ރޫމް
ގަޑި: 20:30
ތާރިހް: 19 މާޗް 2023 (އާދީއްތަ)
ޑްރެސް ކޯޑް: ސްމާޓް ކެޝުއަލް
އިތުރު މަޢުލޫމާތު 7812226 އިދާރާގެ މޯބައިލް އާއި ގުޅުންއެދެން.