މަސައްކަތް
ނަންބަރު: (IUL)411-B/411/2023/7
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 21:38
ސުންގަޑި: 02 މާރިޗު 2023 12:00
ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ބަނދަރު ދެކޮނުފަރާތުގައި މަސްކަނޑާނެ ތަނެއް ހެދުމާގުޅޭ

އިޢުލާން

 

 

ރަށުގެ ބަނދަރު ދެކޮނުފަރާތުގައި މަސްކަނޑާނެ ތަނެއް ހެދުމާގުޅޭ

 

 

ގއ.ދެއްވަދޫ ބަނދަރުގެ ދެކޮނު ފަރާތުގައި މަސްކަނޑާތަނެށް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 26 ފެބުރުވަރީ 2023 ވާ އާދީއްތަ ދުވަހުން ފެށިގެން 02 މާރިޗް 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގުލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.މިޕްރޮޖެކްޓްގެ މައުލޫމާތު ޝީޓް ދޫކުރެވޭނީ ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 މާރިޗް 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

ރަޖިސްޓްރީ ލިންކް: https://forms.gle/3hPGikNKtYu4thFG6

މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، 07 މާރިޗް 2023 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        05  ޝަޢުބާން   1444 

                        25  ފެބުރުވަރީ   2023

25 ފެބުރުވަރީ 2023