ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-C1/1/2023/56
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 08 މާރިޗު 2023 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމަށް އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕެއް ބޭއްވުމާއި ގުޅޭ

      ފަންނުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމަށް އާރޓް އެންޑް ކްރާފްޓް ވޯކްޝޮޕެއް ބާއްވާގޮތަށް މި ކައުންސިލުން ހަމަޖައްސައިފީމެވެ. މި ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ 1 މަސްދުވަހުގެ މުއްދަތަށެވެ. މި ވޯކްޝޮޕަކީ އެއްވެސް ފީއެއް ނުނަގާ ހިލޭ ހިންގައިދޭ ވޯކްޝޮޕެކެވެ. ވޯކްޝޮޕް އަންނަ މާރޗްމަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

      ވީމާ، ވޯކްޝޮޕްގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވެވަޑައިގަންނަވާ، އުމުރުން 18 އަހަރާ 25 އަހަރާ ދެމެދުގެ ޒުވާނުން މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ފޯމް ފުރިހަމަކުރައްވައި 2023 މާރިޗު 08 ވާ ބުދަދުވަހު 14:00 ގެ ކުރިން  މިކައުންސިލްގެ [email protected]  އަށް މެއިލްކުރެއްވުންއެދެމެވެ.

      ވޯކްޝޮޕާބެހޭ މައުލޫމާތު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

24 ފެބުރުވަރީ 2023