ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)311/311/2023/24
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 21:12
ސުންގަޑި: 01 މާރިޗު 2023 10:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލަށް ވަގުތީ ގޮތުން ކޮންޓްރެކްޓަށް ޤާނޫނީ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލުން

މިކައުންސިލުން ހަދަންޖެހޭ ބައެއް ޤަވާއިދުތަކާއި، އުސޫލުތައް އެކުލަވާލުމަށް ބޭނުންވާ ފަންނީ އަދި ޤާނޫނީ ލަފާދިނުމަށް ވަގުތީގޮތުން ކޮންޓްރެކްޓަށް ލީގަލް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު  މިކައުންސިލް އިދާރާގެ އީމެއިލް [email protected] ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން

1 މާރިޗު 2023ވަނަ ދުވަހުގެ 10:00ގެ ނިޔަލަށް

މަޢުލޫމާތު ބައްދަލުވުން

2 މާރިޗު 2023ވަނަ ދުވަހުގެ 10:00ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައި

އަގު ހުށަހެޅުން

8 މާރިޗު 2023 ވަނަ ދުވަހުގެ 11:00ގެ ނިޔަލަށް

ބީލަންތައް ހުޅުވުން.

8 މާރިޗު 2023 ވަނަ ދުވަހުގެ 11.00 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

 

މިކަމާ  ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރު 6580072 އާއި ގުޅުއްވާ ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

23 ފެބުރުވަރީ 2023