ކުއްޔަށް ދިނުން
ނަންބަރު: (IUL)286-CB/286/2023/23
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 16:31
ސުންގަޑި: 09 މާރިޗު 2023 11:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ ލައިސެންސް ޓްރެކުގައި ވިޔަފާރި އުސޫލުން ބިމެއް ކުއްޔަށް ދިނުން

ނ. ކެނދިކުޅުދޫ ލައިސެންސް ޓްރެކް ސަރަހައްދުން ވިޔަފާރި އުސޫލުން ބިމެއް ކުއްޔަށް ދިނުމަށް މިކައުންސިލުން 27 ޑިސެންބަރު 2022 ގައި ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެކަށީގެންވާ ބީލަމެއް ލިބިފައިނުވާތީ، ކުރިން ކުރި ނަންބަރު: (IUL)286-CB/286/2022/93 އިޢުލާން ބާޠިލްކޮށް އަލުން މިފުރުޞަތު ހުޅުވާލަމެވެ. މިބިމަކީ ލައިސެންސް ޓްރެކް ސަރަހައްދުގައި ރެސްޓޯރެންޓް، ކެފޭ، ޓޭކް-އަވޭ ޓަކްޝޮޕް ފަދަ ވިޔަފާރިތަކަށް ޚާއްސަކޮށް ދޫކުރާ ބިމެކެވެ.

ބިން އޮތް ސަރަހައްދާއި ބޮޑުމިން: ކެނދިކުޅުދޫ ލައިސެންސް ޓްރެކްގެ އެތެރެއިން ދެކުނަށް، ކެނދިކޮޅު އަވަށު ފުޓުބޯޅަ ދަނޑުގެ އުތުރުން، އުތުރުފަރާތާއި ދެކުނުފަރާތުގައި 69 ފޫޓު 6 އިންޗި، އިރުމަތީފަރާތާއި ހުޅަނގުފަރާތުގައި 48 ފޫޓު، ޖުމްލަ 3،336.00 އަކަފޫޓެވެ. ބިމުގެ ސަރަހައްދާއި ބޮޑުމިން އަންގައިދޭ ޗާޓު މިއިޢުލާނާއެކު ގެޒެޓްކޮށްފައިވާނެެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ސެޝަންގައި ބައިވެރިވެ އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިބިޑާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވުމުގެ އިޚްތިޔާރު ރަޖިސްޓްރީވާ ބީލަންވެރިންނަށް ލިބިގެންވެއެވެ.

ބިޑު ރަޖިސްޓްރޭޝަން

28 ފެބުރުވަރީ 2023، 14:00 ގެ ނިޔަލަށް

ލިންކް: https://forms.office.com/r/EyFJKbSeyG

މަޢުލޫމާތު ސެޝަން

05 މާރިޗު 2023، 11:00

ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް

ބީލަން ހުޅުވުން

09 މާރިޗު 2023، 11:00

ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

23  ފެބުރުވަރީ  2023

23 ފެބުރުވަރީ 2023