ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)284-PR/284/2023/14
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި:
05 މާރިޗު 2023 11:00
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ރަމަޟާން މަހު ހިފުޒުކޮށް ތަރާވީޙުކުރައްވާ ފަރާތުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
އިޢުލާން
މިއިދާރާގެ އިޢުލާން ނަމްބަރު: (IUL)284-PR/284/2023/8 (15 ފެބްރުވަރީ 2023) އަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ.
- 1444 ވަނަ އަހަރުގެ ރަމަޟާން މަހު ހިފުޒުކޮށް ތަރާވީޙުކުރައްވާ ފަރާތުގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިޚިދުމަތް ފޯރުކޮށްދިނުމަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ކޯޓޭޝަން ހުށައެޅުން އޮންނާނީ 2023 މާރޗް 05ވާ އާދިއްތަ ދުވަހުގެ 11:00ގައި މިއިދާރާގެ މީޓިން ރޫމުގައެވެ.
- ހުށަހަޅާ ކޯޓޭޝަންތައް ވަޒަންކުރާނެ މިންގަނޑާއި ކޯޓޭޝަނާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް އަދި އަގު ހުށަހަޅާ ފޯމު މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރައްވައި ނަމާއި، ގުޅޭނެ ނަމްބަރު އަދި އީމެއިލް އެޑްރެސް މިއިދާރާގެ އީމެއިލް: [email protected] އަށް މެއިލްކުރެއްވުމުން އެފަރާތަށް އީމެއިލްކޮށްދެވޭނެއެވެ. ނުވަތަ މިއިދާރާއަށް ދުރުވުމުން އެފަރާތަކަށް ދޫކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް [email protected] އަށް މެއިލްކުރެއްވުމުން ނުވަތަ 6540063 ނަމްބަރު ފޯނަށް ގުޅުއްވުމުން އެމަޢުލޫމާތެއް ފޯރުކޮށްދެވޭނެއެވެ.
23 ފެބުރުވަރީ 2023