ވަޒީފާގެ ފުރުޞަތު
ނަންބަރު: 153-FHTS-2023-6
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:10
ސުންގަޑި: 05 މާރިޗު 2023 10:00
ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް
ދިވެހިރާއްޖެ
ޕާރޓް-ޓައިމް ލެކްޗަރަރ

މަޤާމް :ޕާރޓް-ޓައިމް ލެކްޗަރަރ
ބޭނުންވާ އަދަދު :2

 އޮފީސް

 ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

Course Name

 

No. of Part-Time Lecturers Needed

Module Name

 

CIII in Patisserie (Hithadhoo Campus)

1

  Baking Principles and yeast goods (CAT017)

CIII in Patisserie (MLE)

1

  Foundation of stocks, soup and sauces      (CAT031)

 

 މުސާރަ:

-  ކްލާސް ނަންގަވައި ކޮންމެ ގަޑިއިރަކަށް -/200 ރުފިޔާ

-  މާރކް ކުރައްވާ ކޮންމެ އެސައިންމަންޓަކަށް ނުވަތަ އިމްތިހާން ކަރުދާހަކަށް -/35 ރުފިޔާ

 

މަޤާމުގެ   ޝަރުޠު:

- މާއްދާގެ ރޮނގުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ލެވެލް 4 ނުވަތަ 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

- ކެންޑިޑޭޓުން ހޮވުމުގައި  އިޢުލާންގައި ބަޔާންކުރާ މޮޑިއުލްތައް ކިޔަވައިދިނުމުގެ ތަޖުރިބާ އަދި ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 މާރޗް 2023 ވަނަ ދުވަހުގެ 10:00 ގެ ކުރިން މި ފެކަލްޓީގެ  ތިން ވަނަ ފަންގިފިލާގައި ހުންނަ އެޑްމިނިސްޓްރޭޓިވް އޮފީހަށް (ރަސްމީ ގަޑީގައި - 8:00 އާއި 14:00 އާ ދެމެދު) ސިޓީ ފޮނުއްވުން އެދެމެވެ. ދެވިފައިވާ ސުންގަޑީގެ ކުރިން ކޮންމެ ވަގުތެއްގައިވެސް އީ-މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected] އަށެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް:

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓުގެ ކޮޕީ

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

 

 

  

 

ނޯޓް:

 

1- މި އިޢުލާނަށް ކުރިމަތި ލައްވާ ފަރާތްތަކުގެ ތެރެއިން ޕާރޓް-ޓައިމް ލެކްޗަރަރއިންގެ ގޮތުގައި ހޮވޭފަރާތްތަކަށް ފުރަތަމަ ކޮންޓްރެކްޓް ހެދޭނީ 2023 ޓަރމް 1 ގައި ކިޔަވައި ދިނުމަށެވެ. އަދި 2023 ޓާރމް 2 ގައި މި މާއްދާ އޮފަރ ކުރާނަމަ، އެ ޕާރޓް-ޓައިމް ލެކްޗަރަރއެއްގެ ކޮންޓްރެކްޓް 2 ވަނަ ޓާރމަށް އައު ކުރެވޭނެއެވެ. އަދި އެ ޕާރޓް-ޓައިމް ލެކްޗަރަރ އަށް ޓާރމް 2 ގައި ކިޔަވައި ދެވެންނެތްނަމަ، މި އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކަށް އަލުން އެ މާއްދާ ހުޅުވާލެވޭނެއެވެ. އަދި މި އިޢުލާނަށް ކުރިމަތިލެއްވި ފަރާތްތަކުގެތެރެއިން ޓާރމް 2 ގެ މާއްދާއެއް ކިޔަވާދެވޭނެ ފަރާތެއް ނުލިބިއްޖެނަމަ އަލުން މިމާއްދާތަކަށް އިޢުލާން ކުރެވޭނެއެވެ.

2- ސިޓީ ނުވަތަ އީ-މެއިލް ލިޔުއްވާއިރު ކިޔަވައިދިނުމަށް ބޭނުންވެލައްވާ މާއްދާ ނުވަތަ މާއްދާތައް ޖައްސަވަންވާނެއެވެ.

3- ހިތަދޫ ކެމްޕަސްގައި ކުރިއަށް ގެންދާ މާއްދާއަށް (CAT017) ކެންޑިޑޭޓުން ހޮވުމުގައި ސ. ހިތަދޫގައި ދިރިއުޅުއްވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

4- Foundation of stocks, soup and sauces (CAT031) މިމާއްދާ ކިޔަވައި ދެއްވުމަށް ހޮވޭ ފަރާތުން މިކޯހުގެ ދެގްރޫޕަށް މިމާއްދާ ނަންގަވައި ދެއްވަންވާނެއެވެ. 

 

 

އިތުރު މަޢުލޫމާތު:

- ކްލާސްތައް އޮންނާނީ ފެކަލްޓީން ކަނޑައަޅާ ތާވަލާ އެއްގޮތަށެވެ.

- އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3345251 ނުވަތަ 3345252 ނަންބަރާ ގުޅުއްވުން އެދެމެވެ.

23 ފެބުރުވަރީ 2023