މަސައްކަތް
ނަންބަރު: (IUL)274/INDIV/2023/20
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 10:08
ސުންގަޑި: 07 މާރިޗު 2023 14:00
މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫ ރަމްޒުކޮށްދޭނެ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

ށ.ފޭދޫ ރަމްޒުކޮށްދޭނެ މޮނިއުމެންޓު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ރަމްޒުކޮށްދޭނެ މޮނިއުމަންޓު ފަރުމާ ކޮށްދިނުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. އެހެންކަމުން ފޭދޫ ރަމްޒުކޮށްދޭނެ މޮނިއުމަންޓު ފަރުމާކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 7 މާރޗް 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މިއިޢުލާނާއިއެކުވާ މަޢުލޫމާތު ކަރުދާހުގައިވާާ ކަންކަމަށް ވިސްނަވައިގެން މޮނިއުމެންޓު ފަރުމާކޮށް ދެއްވުމަށްފަހު މޮނިއުމެންޓު ޑިޒައިންގެ ސޮފްޓްކޮޕީ ފޮނުއްވާނީ މި އިދާރާގެ   info@feydhoo.gov.mv މެއިލްއަށެވެ. މޮނިއުމަންޓް ޑިޒައިން ހުށަހަޅަނީ އަމިއްލަ ފަރާތަކުންނަމަ ޑިޒައިންއާއިއެކު ހުށަހަޅާ ފަރާތުގެ އައިޑީކާޑުގެ ސާފުކޮޕީއާއި ގުޅޭނެ ފޯނުނަންބަރު އަދި ޑިޒައިން ހުށަހަޅަނީ ވިޔަފާރިއެއްގެ ނަމުގައި ކަމުގައި ވަނީނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، ގުޅޭނެ ފޯނު ނަންބަރު ހުށަހަޅަންވާނެއެވެ.

އަދި ހުށަހަޅާ މޮނިއުމެންޓު ޑިޒައިންގެ  ތެރެއިން މި ކައުންސިލްގައި ބޭނުންކުރުމަށް ހޮވޭ މޮނިއުމެންޓު ޑިޒައިން ހުށަހަޅުއްވާ ފަރާތަކަށް -/5,000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

3 ޝަޢުބާން 1444

23 ފެބުރުވަރީ 2023