ވަޒީފާގެ ފުރުޞަތު
ނަންބަރު: AFC/HR/2023/ 001
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 09:19
ސުންގަޑި: 04 މާރިޗު 2023 14:30
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ އޮފިސަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ޖޫނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

1 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (01 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އެފް.ޕީ.އެލް.ޑީ/ ފުވައްމުލައް އައިސް ޕްލާންޓް / ޏ. ފުވައްމުލައް

ޖުމްލަ މުސާރަ:

 -/10201 ރުފިޔާ (ދިހަ ހާސް ދުއިސައްތަ އެއް ރުފިޔާ)

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. 

 

ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސްލިބިފައިވުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

- ކޮމްޕިއުޓަރުން މަސައްކަތްކުރަން އެނގޭ، ޞިއްޙަތު ރަނގަޅު ފަރާތެއްކަމުގައިވުމާއިއެކު މުވައްޒަފުން ގޮވައިގެން ގިނަ ވަގުތު މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.

-  މެކޭނިކަލް އިންޖިނީރިންގ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެ.

 

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކުންފުނީގެ ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން އައިސްޕްލާންޓް އެންމެ އެކަށީގެންވާ ގޮތަށް ހިންގުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް  ކުރުމުގައި ޑިޕާޓްމެންޓް ހެޑަށް އެހީތެރިވެދިނުން.
  • އައިސް ޕްލާންޓް އިންޗާޖް އަންގާ ގޮތަށް އައިސް ޕްލާންޓްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ހުރިހާ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ނިންމާ ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށްފަހު އެ ލިޔެކިއުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން އަދި ބެލެހެއްޓިފައިވޭތޯ ބަލައި އެކަން ސައިޓް އިންޗާޖް އަށް ރިޕޯޓް ކުރުން. (މީގެ ތެރޭގައި އިންޓަރނަލް ކޮމިއުނިކޭޝަންގައި ބޭނުންކުރެވޭ މެސެޖް/މެމޯފަދަ ލިޔެކިޔުންތައް ހިމެނޭނެއެވެ.)
  • އައިސް ޕްލާންޓްގައި ގެންގުޅޭ މުދަލާއި ތަކެއްޗަށް ފަރުވާތެރިވެ ރައްކާތެރި ކަމާއިއެކު އެތަކެތި ބެލެހެއްޓުން.
    • ކޮންމެ ދުވަހަކުވެސް ހެނދުނު ރަސްމީ ގަޑި ފެއްޓުމުގެ ކުރިން މަސައްކަތަށް ޙާޒިރުވެ، ކުރީ ދުވަހުގެ މަސައްކަތުގެ ތަފްޞީލް އައިސް ޕްލާންޓް އިންޗާޖް އާއި ޙިއްސާކުރުމަށްފަހު އޭ.އެފް.ސީ އަށް ފޮނުވުން.
    • އައިސް ޕްލާންޓްއިން އެދުވަހެއްގައި ދޫކުރެވުނު އައިސް އަދި ކުންފުނީގެ އެހެނިހެން ވިޔަފާރިތަކަށް ހަދަންޖެހޭ ސްލިޕްތައް ހެދިފައިހުރިތޯ ޗެކްކޮށް މަދުވާނަމަ އެ ސްލިޕްތައް އައިސް ޕްލާންޓްގެ ކޭޝިއަރ މެދުވެރިކޮށް ހޯދާ ހަމަކޮށް ޑެއިލީ/ވީކްލީ/މަންތްލީ ރިޕޯޓްތައް ހެދުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. އަދި އެކަން ކުރެވިފައިވޭތޯ ބަލައި އިންޗާޖް އަށް ރިޕޯޓް ކުރުން. 
    • އައިސް ޕްލާންޓްގައި މަސައްކަތް ކުރުމަށް ރާވާފައިވާ ޝެޑިއުލާއި އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިއުން.
    • އައިސްޕްލާންޓަށް ބޭނުންވާ ސާމާނުތަކަށް އޯޑަރުކުރުމާއި އެތަކެތި ހޯދުމަށް އައިސް ޕްލާންޓް އިންޗާޖްގެ އިރުޝާދާއި އެއްގޮތަށް މަސައްކަތް ކުރުން.
    • މަސައްކަތް ކުރުމަށް ބޭނުންކުރާ ސާމާނަށް ގެއްލުމެއް ލިބިއްޖެނަމަ އެކަން ލަސްނުކޮށް އައިސް ޕްލާންޓް އިންޗާޖަށް އެންގުން.
    • މަސައްކަތުގެ މާޙައުލުގައި މުވައްޒަފުންނާއި ވެރިންނަށް އިޙްތިރާމް ކުރުމާއި، އައިސް ޕްލާންޓް އިންޗާޖް އަންގާ ގޮތަކަށް މަސައްކަތް ކުރުމާއި ރިޕޯޓްކުރުން.
      • މުވައްޒަފަކު ސަލާމްބުނުމުން / މުވައްޒަފަކު ޗުއްޓީނެގުމުގެ ސަބަބުން ނުވަތަ އައިސް ޕްލާންޓްގެ މަސައްކަތަށް ގެނެވޭ ބަދަލެއްގެ ސަބަބުން އެހެން މުވައްޒަފަކު ކުރަމުން އައި މަސައްކަތެއް ޙަވާލުކުރެވިއްޖެ ހިނދެއްގައި އެމަސައްކަތެއް ފަރުވާތެރިކަމާއެކު ކުރުން.
      • ކުންފުނީގެ ޤަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި، ޤަވާއިދުތަކަށް ބޯލަބައި ޢަމަލުކުރުމާއި އަދި ތަނުގެ މަސްލަޙަތު ނުގެއްލޭފަދަ ގޮތަކަށް ވާހަކަ ދެއްކުމާއި ޢަމަލުތައް ބެހެއްޓުން.
        • އައިސް ޕްލާންޓް އިން ޙަވާލުކުރެވޭ އެހެނިހެން (އިސްލާމްދީނާއި އަދި ދިވެހިރާއްޖޭގެ ޤާނޫނާއި ޚިލާފްނުވާ ގޮތަށް) މަސައްކަތް ކުރުން.
        • އައިސް ޕްލާންޓްގައި މަސައްކަތް ކުރަމުންދާ އެހެން މުވައްޒަފުންނާއި ގުޅިގެން ރައްޓެހި ރަޙުމަތްތެރި މާޙައުލެއްގައި އެހީތެރިކަން ފޯރުކޮށްދީގެން މަސައްކަތް ކުރުން އަދި މެނޭޖްމެންޓުން ރާވާ ހިންގާ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.
          • މެޝިނަރީޒް ތަކުގެ ލޮގު ނެގުން  އަދި ޑޮކިއުމެންޓްސްތައް ރަނގަޅަށް ފަރުވާތެރިކަމާއެކު ތަރުތީބުކޮށް ފައިލްކުރުން.
          • ޑިއުޓީގައި އުޅޭ ވަގުތު ޕްލާންޓުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެ ހިނދެއްގައި ލަސްނުކޮށް އައިސް ޕްލާންޓްގެ އިންޗާޖަށް އެންގުން.
          • ކުއްލިއަކަށް ދިމާވާ ކަންތައްތަކުގައި އަމިއްލަޔަށް އިސްނަގައިގެން މަސައްކަތް ކުރުން.
            • އައިސް ޕްލާންޓް އިން ބޭނުންވާ މެކޭނިކަލް ޚިދުމަތްތައް ފޯރުކޮށްދިނުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއު ކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އޮންނާނީ ފުވައްމުލަކު އައިސް ޕްލާންޓްގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ (އެކްރެޑިޓް ކުރެވިފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީސް ރިސެޕްޝަން ނުވަތަ
    • އީމެއިލް ކުރައްވާނީ  [email protected]   
    • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ04 މާރޗް 2023 ވަނަ ދުވަހުގެ މެންދުރު 14:30 އެވެ.
    • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ސިޓީތައް ބާތިލްކުރެވޭނެއެވެ.
 

 

ނޯޓް: މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ފުވައްމަުލައް އައިސް ޕްލާންޓް ، ޏ. ފުވައްމުލަކުގައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3023388 ފޯނަށް ގުޅުއްވުން އެދެމެވެ.

23 ފެބްރުއަރީ 2023

23 ފެބުރުވަރީ 2023