ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)FHS-153/2023/3
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 17:01
ސުންގަޑި: 28 ފެބުރުވަރީ 2023 12:00
ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ޕާރޓްޓައިމް ލެކްޗަރަރ

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

ފެކަލްޓީ އޮފް ހެލްތް ސައެންސަސް  

މާލެ، ދިވެހިރާއްޖެ

މިފެކަލްޓީގައި ހިންގާ އެޑްވާންސް ސެޓްފިކެޓް، ބެޗްލާރސް ޑިގްރީ އަދި މާސްޓާރސް ލެވެލްގެ ކޯސްތަކުގައި ތިރީގައި ދެންނެވިފައިވާ މާއްދާތައް  ކިޔަވާދެއްވާނެ ޕާރޓްޓައިމް ލެކްޗަރާރ އިން ބޭނުންވެއެވެ.

ބޭނުންވާ މާއްދާތައް:

 

  1. Management of Disease 1 (MED015)
  2. Reproductive Health for Primary Health care (PUB209)
  3. Epidemiology (PUB313)
  4. Biostatistics (PUB221)
  5. Microbiology IV (Practical) (MLS137)

ޝަރުތު:

މާއްދާއާއި ގުޅޭ ދާއިރާއިން މާސްޓާސް ނުވަތަ ބެޗްލާރސް ޑިގުރީ ހާސިލްކޮށްފައިވުމާއި އެކު ޓާރޝިއަރީ އިންސްޓިޓިއުޓެއްގައި ކިޔަވައިދިނުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ހުށައަޅަންޖެހޭ ތަކެތި

1-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

2-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3-  ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މައުލޫމާތު

-   ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާއި އެއްގޮތެށެވެ.  

-   މިމަޤާމްތަކަށް މީހުން ހޮވުމުގައި މާއްދާއާއި ގުޅުންހުރި ދާއިރާއަކުން ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓަށް ބެލުމާއިއެކު ކިޔަވާދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-   އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މިފެކަލްޓީގެ ނަމްބަރު 3346500  އަށް ގުޅުއްވުން އެދެމެވެ.  

ސުންގަޑު

 28 ފެބްރުއަރީ 2023 (އަންގާރަ) ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮންލައިން އެޕްލިކޭޝަން ފޯމު ހުށައެޅުއްވުން އެދެމެވެ.

ފޯމު ލިންކު: https://forms.gle/2PouTMDomsD7v5xe9

 

21 ފެބުރުވަރީ 2023