މަސައްކަތް
ނަންބަރު: (IUL)308/2023/8
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 01 މާރިޗު 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭސީ ސަރވިސްކުރުން

މަސްޖިދުލް ޢުލާގެ 24ބީޓީޔޫގެ 10 (ދިހައެއް) އެއާކޯން މަރާމާތުކޮށް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ރަޖިސްޓްރީކުރުން

2023 ފެބުރުވަރީ 28 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

https://docs.google.com/forms/d/1aUvDzHXJReM8IhVpBeI0zU-KANTk20AQ0yE06w5-wQc/edit

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2023 ފެބުރުވަރީ 28 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • 2023 މާރިޗު 01 ވާ ބުދަ ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.
  • އަންދާސީ  ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ދުވަހު އަންދާސީ ހިސާބު ހުށަހަޅާ ގަޑީގައެވެ.

އަގު ހުށަހަޅަންވީ ގޮތް:

-  އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

-  އަންދާސީ ހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކޮށްފައިވާ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައެވެ.

-  އަންދާސީ ހިސާބު އިވެލުވޭޓް ކުރާއިރު ބެންޗްމާރކްގެ ގޮތުގައި ބަލާނީ ހުށަހަޅާފައި އޮންނަ އެންމެ ކުޑަ އަގެވެ.

-  އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

-  ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"މަސްޖިދުލް ޢުލާގެ އޭސީތައް މަރާމާތުކުރުން"

                      މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

                             ރ. މަޑުއްވަރި، ދިވެހިރާއްޖެ

  • ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

-  ކުންފުނި/އިންވެސްޓްމެންޓްގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ

-  ކުންފުނީގެ ޕްރޮފައިލް

-  ތަޖުރިބާގެ ލިޔުންތައް

-  އަންދާސީ ހިސާބު ހުށަހަޅާ ފޯމް

 

  • މާކްސް ދެވޭގޮތުގެ ތަފްސީލު:
  1. މާކްސް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

-  އަގު %85

-  މުއްދަތު

-  ތަޖުރިބާ %5

  1. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  3. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މި އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
  4. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

22 ފެބުރުވަރީ 2023