ބީލަން
ނަންބަރު: (IUL)266-PR/266/2023/55
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 05 މާރިޗު 2023 10:15
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ސްޓޭޑިއަމް ޓާފް ދަނޑު (ފުޓްސެލް އެރީނާ)ގައި ލައިވް ބުރޮޑްކާސްޓިން ހަޓެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ކުޅުދުއްފުށީ ސްޓޭޑިއަމް ޓާފް ދަނޑު (ފުޓްސެލް އެރީނާ)ގައި ލައިވް ބުރޮޑްކާސްޓިން ހަޓެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބިޑްގައި ރަޖިސްޓަރ ވުމަށް:

ލިންކް: https://forms.office.com/r/B64Ur2U0ZF

 

ތަފްސީލް

ތާރީޚް

ގަޑި

ޕްރީ ބިޑް މީޓިންގ (މައުލޫމާތު ސެޝަން)

‏27‏ ފެބްރުއަރީ‏ 2023‏ (ހޯމަ‏)

10:15

ރަޖިސްޓަރ ވުމުގެ ސުންގަޑި

‏05‏ މާރޗް‏ 2023‏ (އާދީއްތަ‏)

10:15

އަންދާސީ ހިސާބު ހުށަހެޅުން

‏06‏ މާރޗް‏ 2023‏ (ހޯމަ‏)

10:15

ތަން: ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527177 ނުވަތަ 6527166 އަށެވެ.

 

މިމަސައްކަތާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓްގައި މިއިދާރާގެ ވެބްސައިޓް https://kulhudhuffushicity.gov.mv/procure އިން ‏22‏ ފެބްރުއަރީ‏ 2023‏ (ބުދަ‏) އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.  

 

ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

22 ފެބުރުވަރީ 2023