ދިވެހިރާއްޖެ
(IUL)297-SM/297/2023/26ނަންބަރު
އިޢުލާން
ކައުންސިލްގެ ލޯގޯ ފަރުމާކުރުން
މިކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް 1 ފެބްރުވަރީ 2023 ގައި ކުރި ނަންބަރު: (IUL)297-SM/297/2023/14 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ އިއުލާން ބާޠިލްކޮށް އަލުން ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯއަކަށް 5000.00ރ (ފަސްހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް
- ފަރުމާކުރެވޭ ލޯގޯއަކީ ވެލިދޫ ރަމްޒުކޮށްދޭފަދަ އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. މިގޮތުން ވެލިދޫއަށް ޚާއްސަ ސިފަތަކާއި، ކަންކަމާއި، ތަކެތި ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.
- ފަރުމާކުރެވޭ ލޯގޯއަކީ މުޅިން އައު، އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ.
- ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒުކޮށްދޭ ފަރުމާއަކަށް ވެގެން ނުވާނެއެވެ.
- ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ދިދަ، ޖާރޒީ، ލެޓަރހެޑް އަދި ސްޓާފް ކާޑުފަދަ ތަކެތީގައި ބޭނުންކުރެވޭ ފަދަ ގޮތަކަށެވެ.
- ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ DPi600 ނުވަތަ އެއަށްވުރެ މައްޗެވެ.
- ލޯގޯ ފަރުމާކުރުމުގައި މައިގަނޑުކުލައެއްގެ ގޮތުގައި ބޭނުންކުރަންވާނީ PANTONE P 142-8 C (ފެހިކުލަ) އަދި PANTONE P 111-16 C (ކަނޑު ނޫކުލަ) އެވެ. އަދި އެހެން ކުލަތަކުގެ ގޮތުގައި ބޭނުންކުރާނީ PANTONE P 10-7 C އަދި PANTONE 124-4 C އެވެ.
- ލޯގޯ ފަރުމާކުރަންވާނީ ވެބް ވާރޝަން، ޕްރިންޓް ކޮލެޓީ ވަރޝަން އަދި SVG ފޯމެޓަށެވެ.
- ލޯގޯ ފަރުމާ ކުރާއިރު ކައުންސިލް އިދާރާގެ ނަން ލޯގޯގެ ތިރީގައި ބޭނުންކުރާނީ (ދިވެހި ބަހުން ''ނ. ވެލިދޫ ކައުންސިލްގެ އިދާރާ'' އެވެ. (އިނގިރޭސި ބަހުން( '' N. velidhoo council''އެވެ.
ލޯގޯ އާއި އެކު ހުށަހަޅަންޖެހޭ ތަކެތި.
- ލޯގޯގެ SVG , PDF އަދި EPS ފައިލް ހުށަހަޅަންވާނެއެވެ.
- ލޯގޯ ފަރުމާކުރުމުގައި ބޭނުންކުރި ފޮންޓު ހުށައަޅަންވާނެއެވެ.
- ލޯގޯގެ ގްރޭ ސްކޭލް އަދި ކުލަކޮށް އޮންނަ PDF ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ PDF ފައިލް 10 އެމް.ބީ އަށް ވުރެ އިތުރުވެގެން ނުވާނެއެވެ.
- ލޯގޯގެ ކުލަ ސޮފްޓް ކޮޕީ، ކުލަތަކުގެ ޕެންޓޯން ނަންބަރު އަދި ކުލަ ކޯޑާއެކު ޖޭޕެގް / ޓިޕް ފޯމެޓުގައެވެ.
- ލޯގޯ ހުށަހަޅާ ފަރާތުގެ އިތުރު ހުއްދައަކާއިނުލާ ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލަށް ދޭކަން އަންގައިދޭ ލިޔުމެއް.
- ލޯގޯ ހުށަހެޅި ފަރާތުގެ ވަނަވަރު.
- ލޯގޯ ހުށަހެޅި ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ.
- ލޯގޯއިން ރަމްޒުކޮށްދޭ މާނައާއި ތަފްސީލް ބަޔާންކޮށްދޭ ލިޔުން.
- ކޮންެމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅޭނީ 2 ލޯގޯ.
ލޯގޯ ކަނޑައެޅުމަށް ހަމަޖެހިފައިވާ ގޮތް:
ލޯގޯ ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން ތިރީގައި ބަޔާން ކޮށްފައިވާ މާކްސް ދިނުމުގެ މިންގަނޑާއި އެއްގޮތަށް ކައުންސިލުން އެކުލަވާލާ 03 މެމްބަރުންގެ ކޮމިޓީއަކުން ލޯގޯއަށް މާކްސްދީ އެންމެ މަތިން މާކްސް ލިބޭ 3 ލޯގޯއެއް ޝޯޓްލިސްޓްކޮށް ޢާންމުންގެ ހިޔާލަށް ހުޅުވާލައި އެތަނުން އެންމެ ގިނަ ވޯޓްލިބޭ ލޯގޯއަކީ 1 ވަނަ ލޯގޯގެ ގޮތުގައި ކަނޑައަޅައި ކައުންސިލްގެ ޖަލްސާއަކަށް ހުށަހަޅައިގެން ފާސް ކުރާގޮތަށެވެ.
މާކްސް ދެވޭ މިންގަނޑު
ކޮލިޓީ އަދި ޓެކްނިކަލް ފެންވަރު |
35 |
އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން |
20 |
އަމިއްލަވަންތަކަން |
30 |
ބަޔާންކޮށްފައިވާ މިންގަނޑުތަކާއެއްގޮތަށް ރަމްޒުކޮށްދީފައިވާ މިންވަރު |
15 |
މަތީގާއި ބަޔާންކޮށްފައިވާ ފޯމެޓްތަކަށް ލޯގޯއާއި، ލޯގޯއާއިއެކު ހުށައަޅަންޖެހޭ ލިޔުންތައް 05 މާރިޗު 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
22 ފެބްރުއަރީ 2023