ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)166/166/2014/165
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 31 ޑިސެންބަރު 2014 14:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް: ލީގަލް އޮފިސަރ

ބޭނުންވާ އަދަދު: 1               

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: CS9-2

މުސާރަ: -/10,020 ރުފިޔާ

ސަރވިސް އެލަވަންސް: ދުވާލަކަށް -/120 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ 35%

ވަޒީފާ އޮތް އޮފީސް: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން 

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:    ބަޖެޓް، ފައިނޭންޝަލް މެނޭޖްމަންޓާއި ލީގަލް އެފެއާޒް / ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ދައުލަތުގެ އެކިއެކި ލޯންސްކީމްތަކުގެ ދަށުން މަތީ ތައުލީމް ހާސިލުކޮށް ނިމިފައިވާ ފަރާތްތަކުން، ސަރުކާރަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ޝަރީޢަތް މެދުވެރިކޮށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  2. ތައުލީމް ހާސިލުކުރުމަށް ލޯނު ނަގައިގެން ލޯނު ނުދައްކާ ފަރާތެއްވާނަމަ، އެފަރާތުގެ މަޢުލޫމާތުތައް އެއްކޮށް، ރެކޯޑްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  3. ޝަރީޢަތަށް ފޮނުވަންޖެހޭ މައްސަލަތަކުގެ މަޢުލޫމާތު، އޮފީހުގެ އިސްވެރިޔާއަށް ނުވަތަ ކަމާބެހޭ ފަރާތްތަކަށް ދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  4. ޝަރީޢަތަށް ފޮނުވާ މައްސަލަތަކުން، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަން ތަމްސީލްކުރުމަށް ކޯޓަށް ދިއުން.
  5. ޝަރީޢަތަށް ހުށައެޅޭ މައްސަލަތަކަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް، ކަމާބެހޭ ސަރުކާރުގެ ވުޒާރާގެ ލަފައާއެކު ތައްޔާރުކުރުން.
  6. ފައިސާ ނުދައްކާތިބި ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމަށް ބޭނުންވާ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން.
  7. ޝަރީޢަތުން ޙުކުމްކުރެވޭ މައްސަލަތަކުގެ ލިޔެކިއުންތައް ބަލަހައްޓައި، ޙުކުމާ އެއްގޮތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  8. ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން އެކުލަވައިލެވޭ ހުރިހާ އުސޫލުތަކާއި އިޢުލާނުތަކާއި އެހެނިހެން ލިޔުންތައް ދިރާސާކޮށް ޤާނޫނީ ލަފާދިނުން.
  9. މީގެ އިތުރުންވެސް، ލީގަލް އޮފިސަރެއްގެ ޙައިސިއްޔަތުން ކުރަންޖެހޭ މަސައްކަތް ކުރުން.

ޝަރުޠު:

- ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ ލެވަލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.        

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަވިއުކުރުން:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ، 2015 ޖަނަވަރީ 4 އާއި 8 އާދެމެދުގެ ތާރީޚެއްގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދިތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވެލް ބަޔާންކޮށްދޭ ލިޔުން.

ބ-  މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންގެންދާ އިދާރާތަކުން ހޯދާފައިވާ ލިޔުން. މިފަދަ ލިޔުންތަކުގައި، ކުރި މަސައްކަތާއި، މަސައްކަތްކުރި މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި ތާރީޚާއި، ވަޒީފާއިން ވަކިވެފައިވާނަމަ، ވަކިވި ދުވަހާއި، މަހާއި، އަހަރުވެސް އެނގެން އޮންނަންވާނެއެވެ.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 ޑިސެންބަރު 31 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ޑިޕާޓްމަންޓުގެ ނަންބަރު 3341307، 3341303 ފޯނަށް ގުޅުން އެދެމެވެ.

26 ޞަފަރު 1436

18 ޑިސެންބަރު 2014