ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ 1 ކޮމްޕިއުޓަރ ސިސްޓަމް، 1 ވީޑިއޯ ކެމެރާ އަދި ބައެއް އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
ނަންބަރު: TENDER/HMH/2023/009
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ 1 ކޮމްޕިއުޓަރ ސިސްޓަމް، 1 ވީޑިއޯ ކެމެރާ އަދި ބައެއް އިކުއިޕްމަންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން: |
28 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލުގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ. |
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 26 ފެބްރުއަރީ 2023 ވާ އާދިއްތަ ދުވަހުގެ 10:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:
ފޯން: 3350152 / 3350111
އީ-މެއިލް: [email protected]
21 ފެބްރުއަރީ 2023
ޕްރޮކިޔުމެންޓް ޑިޕާޓްމެންޓް